ޚަބަރު ސަރުކާރު

އިހްޔާ ފޯރަމް މި ފަހަރު އަތޮޅުތެރޭގެ ތިން ސިޓީއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމަށް ކޮންމެ ރަމަޟާންމަހެއްގައި ވެސް ބާއްވަމުން އަންނަ އިހްޔާ ފޯރަމް، މިއަހަރު އަތޮޅުތަކުގެ ތިން ސިޓީގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

Ads by STELCO

އަތޮޅުތަކުގެ ތިން ސިޓީއަކީ އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީއެވެ.

ރަަމަޟާން މަހަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާ ކުރެއްވުމަށް، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވީ މިއަހަރުގެ އިހްޔާ ފޯރަމް، އެހެން އަހަރުތަކާ ޚިލާފަށް، ތިން ސިޓީއެއްގެ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔުމަށް ނިންމަވައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މި ހުރީ، އަތޮޅު ތެރެއިން ތިން ސިޓީއަކުން މި ފޯރަމް ގެންނައިރު، ހުކުރު ދުވަހާ ދިމާވާ ގޮތަށް އިހްޔާ ފޯރަމް ރާވަނީ. ހުކުރު ނަމާދު ޕީއެސްއެމްއިން ލައިވް ކުރާ ގޮތަށް. ޕީއެސްއެމްއާ އެކީގައި ވާހަކަ ދެކެވިފައި މިވަނީ. އަސުރުގެ ފަހުން އަންނަ ދަރުސް ވެސް ލައިވް ކުރެވޭނެ. ދެން ހުކުރު ދުވަހުގެ ރޭ ބާއްވާނީ އިހްޔާ ޖަލްސާ." މިނިސްޓަރު ވިދާޅުވިއެވެ.

އިހްޔާ ފޯރަމް މީގެ ކުރިން ބާއްވަމުން އައީ ވެރިރަށް މާލޭގައި އެކަންޏެވެ. އެގޮތުން މި ފޯރަމް ބާއްވަމުން އައީ ރޯދަމަހު ކޮންމެ ހޯމަ ވިލޭރެއަކާއި ހުކުރު ވިލޭރެއެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!