13 ދުވަސް ތެރޭ ރާއްޖެއިން 2342 މީހުން ކޮވިޑަށް ފައްސިވި

ގިނަ ދުވަސްތަކަކަށްފަހު ކޮވިޑް-19ގެ އެންމެ ފަހުގެ އަދާހަމަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި ހިނގާ މާރިޗް މަހުގެ 14 އިން ފެށިގެން 26 އަށް ޖުމްލަ 2342 މީހުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.
އެއީ ގްރޭޓަރ މާލެ ސަރަހައްދުން 184 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 1938 މީހުންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން މިބަލީގައި ނިޔާވެފައި ވަނީ އެކެކެވެ.
ކޮވިޑަށް ފައްސިވީ މީހުންގެ މި ނަންބަރާ އެކު، ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 176،993އަށް އަރައިފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 298އަށް އަރައިފައިވެއެވެ.