ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުނަހަންދޫގައި އައުޓްޑޯ ޖިމެއް އެޅުމަށް ބަޖެޓުގައި ހިމަނައިފައެއް ނެތް: މަހުލޫފް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް

ލ.ކުނަހަންދޫގައި އައުޓްޑޯ ޖިމެއް އެޅުމަށް ވައުދުވީ ނަމަވެސް، އެ މަޝްރޫއު ހިންގުމަށް މިއަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައެޅިފައި ނުވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު މިހެން ވިދާޅުވީ ކުނަހަންދޫގައި އައުޓްޑޯ ޖިމަކާ ފުޓްސަލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރު މަހުލޫފު ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭ ގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މަހުލޫފު ވިދާޅުވީ ކުނަހަންދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި 195،000 ރުފިޔާ ހިމެނިފައިވާ އިރު، މި މަސައްކަތް މިއަހަރުގެ ފެބްރުއަރީމަހުގެ 28ވަނަ ދުވަހު އެ ރަށު ކައުންސިލާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލުން އަގު ފޮނުވުމުން، މަޝްރޫއު ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީން ހުއްދަ ދެއްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަައިގައި ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ބަޖެޓު ނުކުރެވޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފުޓްސެލް ދަނޑެއް އެޅުމަށް 195،000 ރުފިޔާ ބަޖެޓުގައި ހިމަނައިފައިވާ އިރު، އެފަދަ މަޝްރޫއުއެއްގެ އަސްލު އަގަކީ 1.4 ނޫނީ 1.6 މިލިއަން ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.

"15 މިލިއަން ރުފިޔާގެ މަޝްރޫއުއަކަށް އިނދެދާނެ( ބަޖެޓުގައި) ދެ ލައްކަ ރުފިޔާ ވެސް ޖަހައިފައި." މަހުލޫފު ވިދާޅުވިއެވެ.

ބަޖެޓު ކުޑަވުމަކީ ދިމާވާ ދަތިކަމެއްކަން ފާހަގަކުރައްވައި މަހުލޫފު ވަނީ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!