Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޓެލްކޯގެ އެޕްލިކޭޝަނާއި އީޕޭ ރަނގަޅުކޮށްފި

ސްޓެލްކޯގެ އެޕްލިކޭޝަނާއި އީޕޭ ރަނގަޅުކޮށްފި

ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ)ގެ އޮންލައިން ހިދުމަތްތަކަށް ދިން "ރެންސަމްވެއާ އެޓޭކް"ގެ ސަބަބުން މެދުކެނޑުނު ހިދުމަތްތަކުގެ ތެރެއިން މޯބައިލް އެޕްލިކޭޝަނާއި އީޕޭގެ ހިދުމަތް ރަނގަޅުކޮށްފިއެވެ.

ސްޓެލްކޯގެ އެޕްލިކޭޝަނާއި އީޕޭގެ ހިދުމަތަކީ އޮންލައިންކޮށް ކަރަންޓު ބިލަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ތައާރަފުކުރި ހިދުމަތެކެވެ.

ނަމަވެސް ހަފްތާއެއްހައި ދުވަސް ވަންދެން މެދުކެނޑުމަށް ފަހު އެ ހިދުމަތްތައް ރަނގަޅުކޮށް، އަލުން ލައިވް ކޮށްފައި ވަނީ އިއްޔެއެވެ.

Advertisement
Ooredoo — Truecaller (box)

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސްޓެލްކޯއަށް ދިން ރެންސަމްވެއާ އެޓޭކު މިހާރު ރަނގަޅު ކޮށްފައިވީ ނަމަވެސް، އަދިވެސް ބައެއް ގެތަކުގެ ކަރަންޓު ބިލު އެޕުން ނުފެންނަ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން "ދެން" އަށް މައުލުމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދިވެސް ބައެއް ގެތަކުގެ ކަރަންޓު ބިލު އެ އެޕްލިކޭޝަނުން ނުފެންނަ ކަމަށާއި އެހެން ނަމަވެސް އެ ބިލްތައް ވަަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

"އެކަމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން ދަނީ. އެ ބިލުތައް ވަރަށް އަވަހަށް ފޮނުވާނެ" އޮފިޝަލު ވިދާޅުވިއެވެ.

ސްޓެލްކޯއަށް ދިން ރެންސަމްވެއާ އެޓޭކާ ގުޅިގެން އޮންލައިން ހިދުމަތްތަށް މެދުކެނޑުނަސް، ބައެއް ހިދުމަތްތައް އެ ކުންފުނީގެ މައި އޮފީހުން ވަނީ ދޭން ފަށައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް