ޚަބަރު ރައްޔިތުންގެ މަޖިލިސް

ރޯދަ މަހުގެ ފުރަތަމަ ޖަލްސާއަށް ޓޫރިޒަމް މިނިސްޓަރު ހާޒިރު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް/ ފޮޓޯ: މަޖިލިސް

މި ރަމަޟާން މަހު ބާއްވައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ހާޒިރު ކުރަން އެޖެންޑާ ކޮށްފިއެވެ.

Ads by MWSC

މާދަމާގެ ޖަލްސާއަށް ޑރ. މައުސޫމް ހާޒިރު ކުރަން ނިންމާފައި މިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަބްދުﷲ ރިޔާޒު ކުރައްވާ ސުވާލަކާ ގުޅިގެންނެވެ.

އެގޮތުން މެންބަރު ރިޔާޒް ސުވާލު ކުރައްވަނީ ތ. އަތޮޅުގައި ރިސޯޓް ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވީ ނަމަވެސް އެ ރަށްތަކުގައި ރިސޯޓެއް ތަރައްގީ ކުރެވިފައިނުވާތީ އާއި އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ އެކަމުގައި ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް އޮޅުންފިލުއްވުމަށެވެ.

މާދަމާގެ މަޖިލިސް އެޖެންޑާ މިހާރު އާންމުކޮށްފައިވާއިރު، އެ ޖަލްސާގައި ފުރަތަމަ ކަމަކަށް ހިމަނާފައި ވަނީ ވެސް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ހާޒިރުކޮށް، ސުވާލު ކުރެއްވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!