ޒަވާހިރީގެ ވީޑިއޯއެއް: ޅެމަކުން މުސްކާންއަށް ހަދިޔާކޮށްދިނީ "ތަކުބީރުގެ ރުއިން"
މަރައިލައިފައިވާ ކަމަށް އެމެރިކާއިން ބުނާ އަލްޤައިދާ ޖަމާޢަތުގެ ލީޑަރު އަލްޒަވާހިރީގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.
8 މިނެޓްގެ މި ވީޑިއޯގައި ޒަވާހިރީ ވަނީ އިންޑިއާގެ ކަރްނާޓަކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާއަށް އަލިއަޅުވައިލައި ވާހަކަ ދައްކައިފައެވެ. އެގޮތުން އެ ސްޓޭޓްގެ ސްކޫލުތަކުގައި ބުރުގާ އެޅުން މަނާކޮށް ހަރުކަށި ހިންދޫން ނިކުމެ މުސްކާން ކިޔާ އަންހެން ކުއްޖަކާ ދިމާކުރުމުން ފިނޑިނުވެ އޭނާ ދެއްކި ހިތްވަރަށް ޒަވާހިރީ ވަނީ ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ
ޒަވާހިރީ ބުނެފައި ވަނީ ހިތްވަރު ދައްކައި "މުޖާހިދު އުޚުތާ" ، ހަރުކަށި ހިންދޫންގެ ޙަޤީޤަތް ހާމަކޮށްދީފި ކަމަށެވެ. އަދި އެކަމަށް ޓަކައި ﷲ ތަޢާލާ އޭނާއަށް ބަދަލު ދެއްވުން އެދި ޒަވާހިރީ ވަނީ ދުޢާކޮށްފައެވެ.
މުސްކާންއަށް ތައުރީފްކޮށް ޒަވާހިރީ ވަނީ އޭނާއަށް ޅެމެއް ވެސް ހަދިޔާކޮށްފައެވެ.
"އަހުރެން އަމާނެއް ނުދޭ ހުށީމެވެ. ދީނުގައި ކަނޑައަޅުއްވައިފައިވާ ހިޖާބުގެ ނިދާ އަހުރެން އިއްވީމެވެ.
އަހުރެންނަކީ އިސްލާމް ދީނުގެ ދަރިއަކީމެވެ. މުސްލިމުންގެ ފަޚުރަކީމެވެ. ދީނުގެ ޢިއްޒަތަކީމެވެ.
ބޭއަޚުލާޤުން ކިލަނބުވެފައިވާ ދުނިޔޭގައި އަހުރެންނަކީ އަޚުލާޤުގެ ޤީމަތެވެ.
އަހުރެންނަކީ ، ޝިރުކުވެރީންނާ ދެކޮޅަށް ، ﷲގެ އެއްކައުވަންތަކަމަށް ގޮވައިލާ އަޑެވެ." ، "ތަކްބީރުގެ ރުއިން"ގެ ނަން ދީފައިވާ އެ ޅެމުގައި މުސްކާންގެ ޝުޢޫރުތައް ފާޅުކުރަމުން ޒަވާހިރީ ބުނެފައިވެއެވެ.
ޒަވާހިރީ ބުނެފައި ވަނީ ހިޖާބު މަނާކުރުމަކީ އިސްލާމް ދީނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށާއި ދީނުގެ ދިފާޢުގައި މަޣްރިބުން ފެށިގެން ޗައިނާއާ ހަމަޔަށް އަދި އާޒަރުބައިޖާނުން ފެށިގެން ސޯމާލިއާއާ ހަމަޔަށް ހުރިހާ މުސްލިމުން އެއްބައިވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން މުސްލިމުން އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭ ކަމަށާއި ވަކީލުކުރަން ޖެހޭނީ ހަމައެކަނި ﷲއަށް ކަމަށް މި ވީޑިއޯގައި ޒަވާހިރީ ބުނެފައި ވެއެވެ.
ޒަވާހިރީ ބުނެފައި ވަނީ ޕާކިސްތާނާއި ބަނގްލަދޭޝްގެ ސަރުކާރުން ވެސް އަލްޤައިދާ ދިފާއުނުކޮށް ދިފާއުކޮށްދެނީ ދުޝްމަނުން ކަމަށެވެ.
ޑީޕް ފޭކް ފޭސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން މި ޒާތު ވީޑިޔޯ ހެދޭނެ.