Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަނގުރާމައަށް ދިޔަ އާއިލާ އިތުރު 8 މަހަށް ރީހެބިލިޓޭޝަންގައި ބައިތިއްބަން ނިންމައިފި

ހަނގުރާމައަށް ދިޔަ އާއިލާ އިތުރު 8 މަހަށް ރީހެބިލިޓޭޝަންގައި ބައިތިއްބަން ނިންމައިފި

ޖިހާދު ކުރުމަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ އާއިލާތަކުގެ ތެރެއިން އަނބުރާ ރާއްޖެ ގެނައި ފުރަތަމަ އާއިލާ އިތުރު އަށް މަސް ދުވަހަށް، ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުގައި ބައިތިއްބަން މިއަދު ނިންމައިފިއެވެ.

ހަނގުރާމައަށް ދިޔަ އާއިލާއެއްގައި ހިމެނޭ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ހާލުގައި ޖެހި، ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައި ވާތީ، އެމީހުން އަނބުރާ ރާއްޖެއަށް ގެނެސްފައި ވަނީ މިދިޔަ މާރިޗް މަހުގެ 11ވަނަ ދުވަހުގައެވެ. މިއީ މިފަދައިން ރާއްޖެއަށް ގެނައި ފުރަތަމަ އާއިލާއެވެ.

ނަމަވެސް ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތަށް އަމަލުކޮށް، އެ އަންހެން މީހާއާއި އޭނާގެ ދަރިން ރާއްޖެއަށް ގެނައި ގޮތަށް ވަނީ ރީއިންޓަގްރޭޝަން ސެންޓަރަށް ގެންގޮސް ބަންދުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހަފްސީ އަބްދުﷲ ވިދާޅުވީ، އެ އާއިލާ ބަންދު ކުރި މުއްދަތު މިއަދަށް ހަމަވާތީ، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އިތުރު އަށް މަސް ވަންދެން ރީހެބިލިޓޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް