މަސްވެރިންގެ އިހުތިޖާޖަށް ހިތްވަރު ލިބޭ ފަދަ ޕޯސްޓެއް ރައީސް ނަޝީދު ކުރައްވައިފި

ކޫއްޑޫ މަސްބަނދަރުގައި މަސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށް އިހްތިޖާޖަށް ހިތްވަރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މީސް މީޑިއާގައި ޕޯސްޓެއް ކުރައްވައިފިއެވެ.
މިފްކޯއިން ހިންގާ ކޫއްޑޫގައި މަސްވެރިން އިހުތިޖާޖުކޮށް، އެ ތަނުގެ އޮޕަރޭޝަންތައް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
އިހުތިޖާޖު ކުރިއަށް ދަނިކޮށް ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ "ކެޔޮޅާ ވައި ހުރި ކޮޅަކަށް ނުބަލާ ފަރި" އަޅުވައިލުމަށާއި "މަސް ކިރޭނެ ގޮތް ހޯދޭނެ" ކަމަށެވެ. އަދި ހިތްވަރުގަދަކަން ދެއްކުމަށް، މުލައްދަނޑީގެ ބާރު ދައްކައިދޭ އެމޯޖީއެއް ވެސް އެ މަނިކުފާނުގެ ޓްވީޓްގައި ބޭނުންކުރައްވައިފައި ވެއެވެ.
https://twitter.com/MohamedNasheed/status/1513791756755632128?s=20&t=NOBP_Wp_vU5QUMZ7H2kHGQ
އެ ޕޯސްޓާ އެކު ރައީސް ނަޝީދު ވަނީ ލަވައެއް ވެސް ހިއްސާކޮށްފައެވެ. އެގޮތުން އެ ލަވައަކީ ވެސް މަސްވެރިންގެ މަސައްކަތްތައް ފާހަގަކޮށް މަސްވެރިންނަށް ހިތްވަރު ދިނުމުގެ ޖޯޝާއި ރޫހުގައި ހަދައިފައިވާ ޅެމަކަށް ރާޅުގަނޑު ބޮޑުބޭރު ގުރޫޕުން ތައްޔާރުކޮށްފައިވާ ފޯރިގަދަ ބޮޑުބެރު ލަވައެކެވެ.





.webp)
ކޮމެންޓް