ތިމަރަފުށީ ކައުންސިލަރުން މި ރޯދަ މަހު އޮފީހަކަށް ނުނިކުންނަވާ!

ތ.ތިމަރަފުށީ ކައުންސިލަރުން މި ރޯދަ މަހު ރަސްމީ ގަޑީގައި އޮފީހަށް ނުނިކުންނަކަން ހާމަވެއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި "ދެން"އަށް މައުލޫމާތުދެމުން ތިމަރަފުށީ ކައުންސިލްގެ މުވައްޒަފަކު ބުނީ އެއް ކައުންސިލަރަކު ހުންނެވީ ޗުއްޓީގައި ކަމަށާއި އަނެއް ހަތަރު ކައުންސިލަރުންގެ ތެރެއިން އަންހެން ކައުންސިލަރަކު ނޫނީ މި ރަމަޟާންމަހު އޮފީހަށް ނުނިކުންނަވާ ކަމަށެވެ.
އޭނާ ބުނީ މިކަމާ ގުޅިގެން އާންމު ރައްޔިތުންނަށް ދޭން ޖެހޭ އެތައް ޚިދުމަތެއް ހުއްޓިފައިވާ ކަމަށާއި ޚާއްޞަކޮށް ކައުންސިލްގެ ރައީސް އޮފީހަށް ނުނިކުންނަވާތީ ނިންމަން ޖެހޭ އެތައް ކަމެއް ނުނިމި އެބަހުރި ކަމަށެވެ.
ތިމަރަފުށީ ކައުންސިލްގެ ހުރިހައި މެމްބަރުންނަކީ ވެސް އެމްޑީޕީ މެމްބަރުންނެވެ.
އޭނާ ބުނީ ކައުންސިލްގެ ގިނަ މުވައްޒަފުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ވުމާއެކު ކައުންސިލަރުންނާ ގުޅުން އޮންނަ މީހުންނަށް ވާތީ އެ ފަސް ކައުންސިލަރުން އޮފީހަށް ނުނިކުންނަ ވާހަކައާއި ޚިދުމަތް ނުދެވޭ ވާހަކަ ދައްކަން ވެސް ނުކުޅެދިފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ހިންގުން ދޯދިޔާވެ ބޮއްސުންލައިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.





.webp)

ކޮމެންޓް