Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބިދޭސީންތަކެއް މާރާމާރީ ހިންގައި އެކަކަށް އަނިޔާވެއްޖެ

ބިދޭސީންތަކެއް މާރާމާރީ ހިންގައި އެކަކަށް އަނިޔާވެއްޖެ

މާލޭގައި މިރޭ ބިދޭސީންތަކެއް މާރާމާރީ ހިންގައި އެކަކަށް އަނިޔާވެއްޖެއެވެ.

މިރޭ 8:20 ހައިއިރު ބިދޭސީންތަކެއް މާރާމާރީ ހިންގައިފައި ވަނީ ސޯސަން މަގުގައެވެ. މި މާރާމާރީއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެނގިފައިވާ ގޮތުގައި ބިދޭސީން މާރާމާރީ ހިންގައިފައި މިވަނީ، މިއަދު ހަވީރު ހުޅުމާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން ބަނގްލަދޭޝްގެ ރައްޔިތަކު މަރުވެފައި ވާތީ، އޭނާއަށް ހަމަލާ ދިން މީހާ ހައްޔަރު ކުރުމަށް ގޮވައިލައެވެ.

އޭނާއަށް ހަމަލާދިން މީހާ ވަނީ ފިލައިފައެވެ. ހަމަލާ ދިން މީހާ ހައްޔަރު ކުރުމަށް ގޮވައިލައި ބިދޭސީންތަކެއް ދަނީ ހުޅުމާލޭގައި މުޒާހަރާ ވެސް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް