Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭ ޕޮލިސް ފްލެޓް ސަރަހައްދުގައި ޓެކްސީއަކާއި ބެޓަރީ ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 9:20 ހައިއިރު ފުލުހުންނަށް މިކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ބެޓަރީ ބައިސްކަލު ދުއްވަން އިން ބިދޭސީ ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މި އެކްސިޑެންޓު ހިނގިއިރު ޓެކްސީގައި ތިބި އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް، އަދި އުމުރުން ދުވަސްވީ އަންހެނަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް