މޫދަށް އެރި އުޅުނު އިންޑިއާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

މޫދަށް އެރި އުޅުނު އިންޑިއާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމަށް މިއަދު 12:11ހައިއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.