Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ހިސާންގެ ތައުރީފު ރޮޒެއިނާއަށް: އެމްޑީޕީއަށް ބޭނުން ވަނީ ސިޔާސީގޮތުން އުރަތްޕެއް ހުރި އަންހެން ލީޑަރެއް

ހިސާންގެ ތައުރީފު ރޮޒެއިނާއަށް: އެމްޑީޕީއަށް ބޭނުން ވަނީ ސިޔާސީގޮތުން އުރަތްޕެއް ހުރި އަންހެން ލީޑަރެއް

ވެރިކަން ކުރާ އެމްޑީޕީއަށް ބޭނުން ވަނީ ސިޔާސީ ގޮތުން އުރަތްޕެއް ހުރި އަންހެން ލީޑަރެއް ކަމަށާއި އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކަމަށް ވިދާޅުވެ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ތައުރީފު ކުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ އިތުރަށް ދެން ހޮވާ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ރޮޒައިނާ އާދަމްއާ ވާދަ ކުރައްވަނީ ސަފާތު އަހްމަދެވެ.

އަންނަ މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ސަބަބުން އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާއިރު، އެއްބަޔަކު އަނެއްބަޔަކަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Advertisement
Allied — Dhen Online (box)

މި އިންތިހާބުގައި ހިސާން ތާއީދު ކުރައްވަން ނިންމަވައިފައި ވަނީ އެމްޑީޕީގެ ޗެއާޕަރސަންކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ "ހިންގާލަން" ޓީމަށެވެ. އެއާއެކު އެ ޓީމުގައި ހަރަކާތްތެރިވާ، އަދި އަންހެނުންގެ ރޫހުގެ މަގާމަށް ކުރިމަތިލައްވާފައިވާ ރޮޒެއިނާއަކީ، އެ މަގާމަށް އެންމެ ގާބިލު ބޭފުޅާ ކަމަށް، ބ. ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ހިސާން ވިދާޅުވެފައިވެއެވެ.

ހިސާން އިތުރަށް ވިދާޅުވީ، އަންހެނުން ބާރުވެރި ކުރެވޭނީ ތިމަންނާއަކީ ސިޔާސީ ގޮތުން އުރަތްޕެއް ހުރެ ތިމާގެ ދެފައި މައްޗަށް އަމިއްލަ ހައްޓައިގެން ތެދުވެ ހުރެވޭނެ މީހަކަށް ކަމަށާއި އެ މީހަކީ ރޮޒެއިނާކަމުގައެވެ.

ހިސާންގެ އެ ވާހަކަތައް ފާހަގަ ކުރައްވައި، ރޮޒެއިނާ މިއަދު ވަނީ އޭނާއަށް ޝުކުރު އަދާ ކުރައްވައި ޓްވީޓެއް ވެސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް