Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ގ. ޑްރީމްހައުސް، ޙަސަން ރުޝްދުﷲ (53އ)އެވެ.

ވީނުވީއެއް ނޭނގި ރުޝްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 23ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހައިތަނަށް ކުރެވުނު މަސައްކަތުން ރުޝްދުﷲގެ ޚަބަރެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ވީމާ ޙަސަން ރުޝްދުﷲއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކުރައްވައި އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް