Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާގެ އެހީގައި ދެ ރަށެއްގައި ޔޫތު ސެންޓަރެއް ގާއިމްކުރަނީ

އިންޑިއާގެ އެހީގައި ދެ ރަށެއްގައި ޔޫތު ސެންޓަރެއް ގާއިމްކުރަނީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އދ. ދިގުރަށް އަދި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރ ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މި ދެ ރަށުގައި ޔޫތު ސެންޓަރު ޤާއިމްކުރުމަށް އިންޑިއާ ސަރުކާރުން 10 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ޔޫތު ސެންޓަރުތަކުގައި އިންޑޯރ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމް، އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިންގ ރޫމް ހުންނާނެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

Advertisement
Allied Insurance — Square (box)

މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކަމަށާއި މި ޕްރޮޖެކްޓްތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް