Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ހައިޑްރޯގްރެފިކް ސަރވޭގެ މަސައްކަތް ކުރުމަށް "ސަތުލެޖް" ރާއްޖެ އަތުވެއްޖެ

ހައިޑްރޯގްރެފިކް ސަރވޭގެ މަސައްކަތް ކުރުމަށް "ސަތުލެޖް" ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީ ޝިޕް "ސަތުލެޖް" ރާއްޖެ އަތުވެއްޖެއެވެ.

މިމަހުގެ 21ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަރވޭގައި ހދ.އަތޮޅުން ފެށިގެން ނ.އަތޮޅާ ހިސާބަށް ސަރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް"ގައި ރާއްޖެ ޒިޔާރަތް ކުރި ސަރވޭ ޓީމުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމާންޑަރ، ކާނަލް އިބްރާހީމް ޙިލްމީއާ ބައްދަލުކުރައްވައި ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކު ރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

މި މަޝްވަރާ ބައްދަލުވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑްގެ ސީނިއަރ އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

2007ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ޓަކައި ކުރެވޭ ސަރވޭއެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް