Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާ ނޭވީގެ ވެރިޔާއާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

އިންޑިއާ ނޭވީގެ ވެރިޔާއާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދަމު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް ވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ދިފާޢީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާޢީގޮތުން ދޭ އެއްބާރުލުމަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސުކަމުގައި ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ވަނީ މެރިޓައިން ސޭފްޓީ ޙަރަކާތްތަކާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަރސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ދިފާޢީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް މި ކުރެއްވި ޒިޔާރަތަކީ ކާމިޔާބު ޒިޔާރަތަކަށްވުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް