Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންޑިއާއިން ރާއްޖެގެ ނެވިގޭޝަނަލް ޗާޓު ވިއްކައިލައިފި

އިންޑިއާއިން ރާއްޖެގެ ނެވިގޭޝަނަލް ޗާޓު ވިއްކައިލައިފި

އިންޑިއާއިން ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސާވޭއަށް ފަހު ތައްޔާރުކުރި ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކައިލައިފިއެވެ.

މި ޗާޓަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިގްތިސޯދު ބައެއް މައުލޫމާތު ވެސް ހިމެނޭ ޗާޓެކެވެ. އެެ ޗާޓު ވިއްކުމަށް ފަހު އޭގެން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް މިއަދު ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާ ހަވާލު ކޮށްފައެވެ.

މިކަމާ ގުޅިގެން ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ. އަދި އިންޑިއާގެ ފަރާތުން ޗެކް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓު އިންޑިއާއިން ހަދައިފައި މިވަނީ ދިވެހި ސަރުކާރާ އެކު ސޮއިކުރި ހައިޑްރޯގްރަފިކް އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމަކީ މައުލޫމާތު ހާމަކޮށްފައި ނުވާ ސިއްރު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ހަދާ ހައިޑްރޯގްރަފިކް ސާވޭއިން ހޯދާ މައުލޫމާތާއި ސާވޭއަށް ފަހު ތައްޔާރުކުރާ ރާއްޖޭގެ ނެވިގޭޝަނަލް ޗާޓް ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެއެވެ. ހައިޑްރޮގްރަފީގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމަށް ޓަކައި ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގައި ހައިޑްރޮގްރެފިކް ހިދުމަތް ގާއިމު ކުރުމަށް އިންޑިއާއިން އެހީތެރިކަން ދިނުމަށް ވެސް ހިމަނައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް