ރައީސް ޔާމީންގެ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ޖަހައިފައިވާ ބޮޑު ބެނާއެއް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ އެ މަނިކުފާނުގެ ގެކޮޅުގެ ބޭރުގައި 'އިންޑިއާ އައުޓް' ޖަހައިފައިވާ ބޮޑު ބެނާއެއް މިއަދު ހަރުކޮށްފިއެވެ.
ރައީސް ޔާމީންގެ ހ.ދޫވެހީގައި ނަގައިފައިވާ، ދިވެހި ދިދައިގެ ކުލަތައް ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އެ ބެނާ ހުރީ އުސްކޮށް ނަގައި، ހަދަމުން އަންނަ އެ އިމާރާތުގެ ޓެރަހުން ފެށިގެން ތިރިއަށް އެލުވައިލައިފައެވެ. އަދި އޭގައި ބޮޑުއަކުރުން "އިންޑިއާ އައުޓް" ވެސް ލިޔެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތައް މާލެ އާއި ރަށްރަށުގެ އެކި ހިސާބުތަކުގައި ދަނީ ހަރުކުރަމުން ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދަނީ ރައީސް ޔާމީންގެ އިސްނެންގެވުމަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ "އިންޑިއާ އައުޓް" ބެނާތައް ހަރުކުރަނީ ސަޕޯޓަރުންގެ އަމިއްލަ ޚަރަދުގައި ކަމަށާއި އެކަމަކު ބެނާ ހަރުކުރުމުގައި އެހީތެރިކަން ބޭނުންވާ ނަމަ އެ ޕާޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލެއާއި ރަށްރަށުގައި ބެނާތައް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންދިޔާ އައުޓް ޖަހާފަ ބެނާ މިޖަހަނީ، އިންޑިޔާގެ ހިލަވެލިން ހަދަމުންދާ ގެއެއްގައި. ވަޓް އަޝޭމް
އަދިވިސް އިންޑިޔާ މީހުން ދިވެހިރާއްޖޭގަ އެބައުޅޭތަ މަހީކުރީ އެ ވަގުކަލޭގެ އެޙުރިހާ މީހުން އައުޓް ކުރީކަމައް