އިންޑިއާ އައުޓް ޙަރަކާތުން ހޯދޭނެ ސިޔާސީ ކާމިޔާބެއް ނޯންނާނެ: މީކާއިލް

އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ޙަރަކާތުން ހޯދޭނެ ސިޔާސީ އެއްވެސް ފައިދާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް ވިދާޅުވީ ޕީޕީއެމުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ގްރާސްރޫޓް ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ސީދާ އެންމެ ފަރުދެއް އިސްނަންގަވައިގެން އެ މަނިކުފާނު އަނބުރާ ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ނިޔަތުގައި ދިވެހި ރާއްޖެ ހަލަބޮލިކުރަން ކުރާ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ރާއްޖެއާއި ދޭދޭ ޤައުމުތަކާއި އޮންނަ ގުޅުން އެއްކޮށްހެން، ކަނޑުއްވައިލެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.
”އެހެންވީމާ މިހަރަކާތަށް ސިޔާސީ ގޮތުން ލިބޭނެ ކުރިއެރުމެއް ނޯންނާނެ” މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ މިހަރަކާތް ހުއްޓުވުމުގެ މަޤްސަދަކީ މިހަރަކާތުގެ ސަބަބުން ރާއްޖޭގައި ނަފްރަތުގެ ހުޅުގަނޑު ފަޅައިގެން ގޮސް ރައީސް ނަޝީދަށް ދިން ފަދަ ނުރައްކާތެރި ހަމަލާތަކެއް ދިނުމުގެ ޖާގަ ނުދިނުމަށް ކަމަށެވެ.
އެހެންވިއްވިއްޔާ އައްސި އަރާގަނެގެން އިންޑިޔާ އައުޓު ކެންޕެއިން ހުއްޓުވަން ކަލޭމެންތިއުޅެނީ ކީއްވެވާ؟