Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

ރޯދަ މަހުން ދުވަހެއް, 250އަށް ވުރެ ގިނަ އަހަރުވީ ޕާޅަޔަމް މިސްކިތުގައި!

ރޯދަ މަހުން ދުވަހެއް, 250އަށް ވުރެ ގިނަ އަހަރުވީ ޕާޅަޔަމް މިސްކިތުގައި!
(ޓްރިވެންޑްރަމް، އިންޑިއާ) ކެރެލާ ސްޓޭޓްގެ ވެރިރަށް ޓްރިވެންޑްރަމް ސިޓީގެ މެދުގައި ހުންނަ ޕާޅިޔަމް މިސްކިތަކީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް މުސްލިމުންނަކަށް ރޯދަ ވީއްލުމާއި ހާރު ކެއުން ހިލޭ ފޯރުކޮށްދެމުން އަންނަ މިސްކިތެކެވެ. ތަނަވަސްކަން ލިބިގެންވާ މީހުން އެހެން މީހުންނާ އެކީ ރޯދަ ވީއްލައި ހާރު ކާން މި މިސްކިތަށް އަންނައިރު، ތަނަވަސްކަން ލިބިގެން ނުވާ މީހުންގެ އާއިލާތަކަށް ގެންދިޔުމަށް ވެސް މި މިސްކިތުން ތަކެތި ބަހައެވެ. "ފައްސިޔަ"ގައި އަޅުގަނޑުމެން ކުރި ދަތުރުގައި ޕާޅިޔަމް މިސްކިތުން ރޯދަ ވީއްލުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އިންޑިއާގެ ބައެއް މިސްކިތްތަކަށް ކެމެރާއާ އެކު ވަނުން މަނާ ނަމަވެސް ޕާޅިޔަމް މިސްކިތުން އަހަރެމެންނަށް ކީ މަރުޙަބާއެވެ. "މަރުޙަބާ! ރޯދަ ވީއްލަން ކޮންމެހެން ވެސް މަޑު ކުރަންވާނެ." ޕާޅިޔަމް މިސްކިތް ހިންގާ ޕާޅިޔަމް މުސްލިމް ކޮމިއުނިޓީގެ ރައީސް، ޝައިޚް ހާޖީ ޒަބީބްއާ ބައްދަލުކޮށް ސަަލާމްކޮށްލުމުން މަރުޙަބާއާ އެކު ލިބުނީ ރޯދަ ވީއްލުމުގެ ފުރުސަތެވެ. އިރު އޮއްސުމާ ދެމެދު ވަގުތު ކޮޅެއް އޮތުމުން، ރޯދަ ވީއްލުމުގެ ކަންކަން ހިނގާ ގޮތް ބަލައިލާން ޝައިޚް ޒަބީބު އަޅުގަނޑުމެންނަށް ދައުވަތު ދެއްވިއެވެ. [caption id="attachment_150547" align="alignnone" width="1024"] ރޯދަ ވިއްލަން ތައްޔާރުވެފައި.. ދެން އިމޭޖްސް/ޒައީމް[/caption] ރާއްޖެއާ ޚިލާފަށް އިންޑިއާއަކީ މަސްހުނި ދީންތަކުގެ އަހުލުވެރީން ދިރިއުޅޭ ގައުމަކަށް ވާތީ އެ ތަންތަނުގައި ކަން ހިނގާ ގޮތް ވަރަށް ތަފާތެވެ. މިސްކިތުގެ ހުރިހައި ޚަރަދެއް ބަލަހައްޓަނީ މިސްކިތުގެ ކޮމިޔުނިޓީއިންނެވެ. މަރާމާތުގެ ޚަރަދުގެ އިތުރުން ރަމަޟާން މަހު ކެއުން ބުއިމުގެ ހުރިހައި ކަމެއް ބަލަހައްޓަނީ މި ކޮމިޔުނިޓީންނެވެ. ރޯދަ ވީއްލުމާއި ހާރަށް ކެއްކުމާއި ތައްޔާރު ކުރުން ހިނގަނީ ވެސް މިސްކިތުގެ ގޯތިތެރޭގައެވެ. ރޯދަ ވީއްލަން ކައިރިވަމުން ދިޔައިރު ދެބައިއުމުރުގެ އަންހެނުންގެ ދެ ޓީމަކުން ދިޔައީ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. އެއް ޓީމަކީ ރޯދަ ވީއްލާ ލުއި ކެއުމެއްގެ ގޮތުން މޭވާއާ އެފަދަ ލުއި ކެއުން ، ތަށިތައްޓަށް އެޅުމަށް މަސައްކަތް ކުރަމުން ދިޔަ ޓީމެކެވެ. އަނެއް ބަޔަކު ދިޔައީ ބޮޑެތި ތާސްތަކުގައި ކައްކަމުންނެވެ. ގަބޫލުކުރެވޭ ގޮތުގައި އެއީ ހާރަށް ތައްޔާރު ކުރާ ކެއުމެވެ. [caption id="attachment_150598" align="alignnone" width="1024"] ރޯދަ ވިއްލުމަށް ކާތަކެތި ތައްޔާރު ކުރަނީ.. ދެން އިމޭޖްސް/ޒައީމް[/caption] މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަކީ ވެސް މަސައްކަތުގެ އުޖޫރަ ލިބޭ ބައެކެވެ. އެހެންކަމުން މި މަސައްކަތަށް މީހުން ނެގުމުގައި މިސްކިތުގެ ކޮމިޔުނިޓީން އިސްކަންދެނީ ފަޤީރުންނާއި ނިކަމެތި މީހުންނަށެވެ. "އަހަރެމެން އަބަދުވެސް ބަލަން ކޮންމެ ވެސް އެއްޗެއް މުޖުތަމައުގައި ބޭނުން ޖެހިފައި ތިބި މީހުންނަށް ދިއްކޮށްލެވޭތޯ. މިއީ ވަރަށް ފަޤީރު ދައްތަމެންތަކެއް. ރޯދަ ވީއްލުން ތައްޔާރުކޮށްދިނުމަށް ކޮންމެ އަހަރު ވެސް މިސްކިތުން ނަގަނީ މި ފަދަ ދައްތަމެން" ޝެއިޚް ޒަބީބް ކިޔައިދިނެވެ. އަވަސް ހިނގުމެއްގައި އައި މީހަކު ޝައިޚްގެ ކޮނޑުގައި ކޮއްޓައިލައިފައި ކަންފަތް ބުޑުގައި އެއްޗެކޭ ބުނުމުން ޝައިޚް ހިނގައިގަތީ މިސްކިތުގެ އިމާރާތާ ދިމާއަށެވެ. "ބަންގި ގޮވާ ގަޑި އެ ޖެހުނީ. ނަމާދަށް ފަހު ދިމާވާނެ އިންޝާﷲ. ކަދުރު، މޭވާ އަދި ފެން މި ތަނުން ނަގައިގެން ތިބޭތި" މިސްކިތުގެ އިމާރާތާ ދިމާއަށް ހިނގައިގަންނަމުން އަހަރެމެންނަށް އިޝާރާތްކޮށް ޝައިޚް ޒަބީބް ވިދާޅުވިއެވެ. ބަންގި ގޮވުމާ އެކު، ކަދުރު ދެއޮށް އަނގައަށް ލައި، އަހަރެމެން ބެލީ އަހަރެމެންގެ މަސައްކަތް ކުރެވޭތޯއެވެ. ފޮޓޯއާއި ވީޑިއޯ ނެގުމެވެ. ފޮޓޯ ނަގަމުން ދަނިކޮށް ދެތިން ބޭބެއަކު އައިސް އަހަރެމެންނަށް ރޯދަ ވީއްލައިފިންތޯ އަހައި ކަދުރުކޮޅެއް ދިއްކޮށްލިއެވެ. މަސައްކަތް ކުރަންވާނީ ރޯދަ ވިއްލައިގެން ކަމަށް ބުންޏެވެ. [caption id="attachment_150549" align="alignnone" width="1024"] ޕާޅިޔަމް މިސްކިތުގައި ރޯދަ ވިއްލަނީ.. ދެން އިމޭޖްސް/ޒައީމް[/caption] ބަންގީގެ އަޑަށް އެންމެން ރޯދަ ވީއްލަން ފަށައިފިއެވެ. ރޯދަ ވީއްލާ ދެތިން ފޮޓޯއެއް ނަގާލުމަށް ފަހު، މިސްކިތުގެ ބޭރުން ރީތި ފޮޓޯއެއް ނެގިފައި ނުވާތީ އެކަން ކުރުމަށް އަހަރެން އަވަސްވެގަތީމެވެ. އެތަނުން އަހަންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. މަގުމަތީގައި ފެނާއި ކަދުރު ބަހަން ހުރި މީހެކެވެ. ނަމަވެސް އޭނާގެ ތަފާތު ކަމަކީ އެކަން ކުރުމެއް ނޫނެވެ. މަގުމަތިން ދާ އެންމެނަށް އޭނާގެ ދީލަތިކަން ފެނެއެވެ. މުސްލިމެއް، ނަޞާރާއެއް، ހިންދޫއެއް ބެލުމެއް ނެތިއެވެ. ތަންކޮޅެއް ކައިިރިއަށް ޖެހިލައިފައި އޭނާގެ ފޮޓޯއެއްް ނެގުމަށް މަސައްކަތް ކުރުމުން އިޝާރާތުން ނޫނެކޭ ބުނެ އެކަމާ ދެކޮޅު ހެދިއެވެ. ވާހަކަ ދައްކާލާ ހިތްވެފައި އޮތް ވަރު ބޮޑު ކަމުން އޭނާ ގާތަށް ޖެހިލައި، ތި ގޮތަށް ރޯދަ ވީއްލަން ދޭން އެހީވާން ބޭނުންވާ ވާހަކަ ބުނީމެވެ. "މިއީ މިސްކިތުގެ ބައެއް. ދީނުގައި އޮންނަނީ އަވަހަށް ރޯދަ ވިއްލަން އޮންނަނީ ބައެއް މީހުން ޓްރެފިކްގައި ޖެހިގެން ރޯދަ ނުވީއްލި އިރުތަކެއް ދޭ. އަހަރެމެން އެހެންވެ އިސްނަގައިގެން ކުރި ކަމެއް. އަހަރެމެން ނުބަލަން ކޮން ދީނެއްގެ މީހެއްތޯ، ނޫނީ ސުވާލެއް ނުކުރަން ރޯދަހޭ. އަހަރެމެން ކައިރިއަށް އަންނާނީ މި ބޭނުންވީމަ. އަހަރެމެން ދިއްކޮށްލާ ކަދުރަކުން ލިބޭނެ ފާފައެއް އޮންނާނެ ހެނެއް ހިއެއް ނުވޭ" ހިންދީ ބަހުން އޭނާ ކިޔައިދިނެވެ. އޭނަ ކިޔަދިން ގޮތަށް، އެ އަސަރުގައި މި ވާހަކަކޮޅު ގެނެސްނުދެވުނީތީ ނިހާޔަތަށް މައާފަށް އެދެމެެވެ. އޭރު މަޣްރިބް ނަމާދަށް ގަމަތް ދޭން ފަށައިފިއެވެ. ޓްރެފިކްގެ ފޮޓޯކޮޅަކާއި މިސްކިތުގެ ބޭރުން ދެތިން ފޮޓޯ ނެގުމަށް ފަހު އަހަރެމެން ވެސް ޖަމާއަތް ލިބޭތޯ ދިޔައީމެވެ. ރާއްޖޭގެ މިސްކިތްތަކުގައި ރޯދަ ވީއްލުން ބަންގިއާ އެކު ނިންމައިލި ނަމަވެސް މި މިސްކިތުގައި ކަން ކުރާ ގޮތް ވަރަށް ތަފާތެވެ. ބަންގިއާ އެކު ރޯދަ ވީއްލަން މޭވާ އާއި ޖޫސް އަދި ފެން ދެއެވެ. މޭވާ ތަށީގައި މޭބިސްކަދުރާއި އަލަނާސި އަދި ކަދުުރު ހުރެއެވެ. ނަމާދު ކުރުމަށް ފަހު އޮންނަނީ ކެއުމުގެ ބޮޑު ޞުފުރާއެވެ. [caption id="attachment_150599" align="alignnone" width="1024"] އެކި އުމުރުގެ މީހުން މިސްކިތުގައި ރޯދަ ވިއްލާ.. ދެން އިމޭޖްސް/ޒައީމް[/caption] މަޣްރިބް ކޮށްލައިގެން ދާން ޖެހެނީ މިސްކިތުގެ ހޯލަށެވެ. އެއީ މިސްކިތުގެ ގޯތި ތެރޭގައި ހުންނަ ހޯލެކެވެ. ދީނީ ދަރުސްތަކާއި ޕްރޮގްރާމްތައް އެ ހޯލުގެ ތެރޭގައި ބާއްވައެވެ. ނަމަވެސް ރޯދަ މަހު އެ ހޯލު ޚާއްސަކޮށްފައި އޮންނަނީ ރޯދަ ވީއްލުމަށާއި ހާރު ކެއުމަށެވެ. [caption id="attachment_150597" align="alignnone" width="1024"] މިސްކިތުގެ ހޯލްތެރެ.. ދެން އިމޭޖްސް/ޒައީމް[/caption] ހޯލު ތެރޭގައި ހުރީ ގޮޑިއާއި މޭޒު ޖަހައިފައެވެ. ކޮންމެ ގޮނޑިއެއްގެ ކައިރީގައި ހެޔޮވަރު ވަރެއްގެ ކާ ތައްޓެއް ހުރެއެވެ. ބަނޑު ނުފުރޭ ނަމަ ސްޓޭޖު ސަރަހައްދުން ދިޔައީ ކާ އެއްޗެހި ބަހަމުންނެވެ. ދެތިން ވައްތަރެއްގެ ކާނާ ހުއްޓެވެ. އަހަރެމެން ކުޑަވަރެއް ހަދައިލައިގެން އަވަސްވެ ގަތީ މި ކޮމިޔުނިޓީގެ ރައީސް ޝައިޚް ޒަބީބުގެ އިންޓަވިއު ނަގާށެވެ. ޝެއިޚް ޒަބީބް ފަހަތުން އަހަރެމެން އެރީ މިސްކިތުގެ ދެވަނަ ފަންގިފިލާއަށެވެ. އެތާންގައި ދެތިން މޭޒު ހުއްޓެވެ. އެއީ މިސްކިތުގެ ޚަރަދު ބަލަހައްޓާ އޮފީހެވެ. މިސްކިތަށް ފަންޑު ހޯދާ ގޮތާއި ރޯދަ ވީއްލުން ކުރިޔަށްދާ ގޮތް ޝެއިޚް ޒަބީބް ކުރުކޮށް ކިޔައިދިނެވެ. ޕާޅިޔަމް މުސްލިމް ކޮމިއުނިޓީއަކީ 3000 އެއްހައި މީހުންގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ. މިސްކިތަށްދާ ޚަރަދުތައް ބަލަހައްޓަނީ މި ޖަމާއަތުގެ މީހުންދޭ ޗަންދާއިންނެވެ. ޒަކާތާއި ޞަދަޤާތާއި ފަންޑު ފޮށިތައް މިސްކިތުގައި ހުރެއެވެ. ކޮންމެ ކަމަކަށް ވަކިންނެވެ. ރޯދަ ވިއްލަން ވަކިން ފަންޑު ފޮއްޓެއް ހުންނައިރު، ހާރުކާން ބޭނުންވާ ފައިސާ ހޯދަނީ އެހެން ފަންޑު ފޮއްޓަކުންނެވެ. "އިންޝާﷲ ވަރަށް ރަނގަޅަށް ކަންކަންދަނީ. ކޮންމެ ދުވަހަކު ހާހެއްހައި މީހުންނަށް ރޯދަ ވީއްލުން އަދި ހާރު އެބަ ދެވޭ. ﷲ އަހަރެމެންނަށް އެހީވާ މީހުންގެ މުދަލުގައި ބަރަކާތް ލައްވާށި" އިންޓަރވިއު ފެށުމުގެ ކުރިން ޝެއިޚް ޒަބީބް ބޭނުންވީ ޝުކުރު ދަންނަވާށެވެ. https://youtu.be/HuZpFqm3Qs4

ޕާޅިޔަމް މިސްކިތުގެ ތާރީޚް ކުރުކޮށް

ޓްރިވެންޑްރަމްގައި ހުންނަ ޕަލަޔަމް މިސްކިތް ނުވަތަ ޕާޅިޔަމް މިސްކިތަކީ 1813ވަނަ އަހަރު އިންޑިއާ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރު ބިނާ ކުރެވުނު މިސްކިތެކެވެ. އިނގިރޭސިންގެ ޚާއްސަ ހުއްދައެއްގެ ދަށުން އޭރު މި މިސްކިތް ބިނާ ކުރެވިފައި ވަނީ ވަރަށް ކުޑަކޮށެވެ. އަދި އީދު ނަމާދާއި ހުކުރު ނަމާދު ކުރަން މިސްކިތުގެ ގޯތީގެ ގޮތުގައި ބޮޑު ބިމެއް ދީފައި އޮވެއެވެ. މި މިސްކިތް އެކި ފަހަރު މަތިން ވަނީ އިމާރާތް ކުރެވިފައެވެ. މިހާރު ހުރި ގޮތަށް މިސްކިތް ބިނާކޮށްފައި ވަނީ، 1960ގެ އަހަރުތަކުގައެވެ. ކެރެލާގެ ސްޓޭޓް ސަރުކާރާއި މުސްލިމް ވިޔަފާރި ވެރިންގެ އެހީގައި، ޕާޅިޔަން މިސްކިތުގެ މިހާރު ހުރި ބިނާ ހުޅުވައިފައިި ވަނީ 1967ވަަނަ އަހަރު އިންޑިއާގެ އޭރުގެ ރައީސް ޑރ. ޒާކިރު ހުސެއިންއެވެ. ޕާޅިޔަމް މިސްކިތާއި ޖެހިގެން ހުންނަނީ ހިންދޫ ފައްޅިއެކެވެ. ކުރިމަތީގައި ހުންނަނީ ނަޞާރާއިންގެ ޗާޗެކެވެ. ތިން ދީނެއްްގެ އަޅުކަން ކުރާ ތިން ތަނެއް ހުރި މި ސަރަހައްދުގައި ދީނީ ހަމަނުޖެހުމެއް ހިނގައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް