Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޚާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ޖަލީލް އަވަހާރަވެއްޖެ، ކަށުނަމާދު މާދަމާ މެންދުރު ނަމާދަށް ފަހު

ޚާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ޖަލީލް އަވަހާރަވެއްޖެ، ކަށުނަމާދު މާދަމާ މެންދުރު ނަމާދަށް ފަހު

ރާއްޖޭގެ 13 އަތޮޅެއްގެ އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގެވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބ. ކުޑަރިކިލު/ ނޫރާނީމާގޭ މުހައްމަދު ޖަލީލް މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.

ޖަލީލަކީ ކުޑަރިކިލުގެ ކުޑަކަތީބު ކަމާއި، ބ. އަތޮޅުގެ އެޓާނީ ކަމުގެ އިތުރުންް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ފުވައްމުލަކު އަތޮޅު އޮފީސް ވެސް (1998ހައިހިސާބުގައި) ހިންގެވިއެވެ.

ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ޖަލީލަކީ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ޝައްމޫން ޖަލީލު (ލޫކަސް ޖަލީލު)ގެ ބައްޕަ ވެސް މެއެވެ.

Advertisement
Allied — Dhen Online (box)

ލޫކަސް ޖަލީލު މިއަދު ލިޔުއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ބައްޕާފުޅަކީ ވަރަށް ގިނަ ޅެން ލިޔުއްވި ބޭފުޅެއް ކަމަށާއި އަތޮޅުތަކުގައި ހުންނަވައިގެން ރަށްރަށުގެ ބަސްތައް އެއްކުރައްވައި ދިވެހި ރަދީފު އެކުލަވައިލުމުގައި ބޮޑު ހިއްސާއެއް ވެސް އެމަނިކުފާނު އަދާކުރެއްވި ކަމަށެވެ. އަދި ދިވެހި ބަހާއި ތާރީޚާއި އަދަބިއްޔާތަށް ފޮޓޯ ނެގުމާއި ފޮތަށް ނުހަނު ލޯބިކުރެއްވިކަން ވެސް ލޫކަސްގެ ޓްވީޓުގައި ފާހަގަ ކުރެއްވިއެވެ.

ކުދަރިކިލު ޖަލީލު އަވަހާރަވީއިރު އުމުރުފުޅުން 74 އަހަރެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހު އިސްލާމީމަރުކަޒުގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް