Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަގަށް ނެގި ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

ވަގަށް ނެގި ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

ނ. ކެނދިކުޅުދޫގެ ގެއަކުން ވަގަށް ނެގި ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގެއިން އެ މީހާ ވަގަށް ނަގައިފައި ވަނީ 180،000އަށް ވުރެ ގިނަ ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިމަހުގެ 16ވަނަ ދުވަހުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅިގެން ފައިސާ ހޯދުމަށް، މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ވައްކަމުގެ ތުހުމަތުގައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ރޭގައި ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތު ދެއްވައިފައިވާ ގޮތުގައި، އެމީހާ ވަގަށް ނަގައިފައިވާ ފައިސާގެ ތެރެއިން 150،000އަށް ވުރެ ގިނަ ފައިސާ ފުލުހުން ވަނީ ހޯދައިފައެވެ. އެ ފައިސާތައް ހޯދައިފައި ވަނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވައިފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފައިވެއެވެ. އަދި މި މަސައްކަތުގައި އެ ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ވެސް ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ވަނަ ދުވަސް ދީފައިވެއެވެ.

މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް