ދީން

ސުވަރުގޭގެ ބިންކޮޅެއްގައި ގިނިކަންޏާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުފާވެރިކަމާއި ނަޞީބަކީ އެކި މީހުން އެކި ގޮތްގޮތަށް މިންކުރާ އިޙްޞާޞްތަކެކެވެ. ފައިސާގެ ތަނަވަސްކަން ލިބިފައި ދިރިއުޅުމުގައި ފިކުރު ބޮޑުވުމެއް ނެތް ކަމުގައިވާ ނަމަ ގިނަ ބަޔަކަށް އެއީ އުފާވެރިކަމެވެ. ހެޔޮ ނަޞީބެވެ. ނަމަވެސް މިއީ އަދި މުޅީން ޙަޤީޤީ ނަޞީބެއް ނޫނެވެ.

Ads by Sosun Fihaara

އަހަރެމެންގެ މައްޗަށް އޮތް އެންމެ ބޮޑު ނަޞީބަކީ ހިދާޔަތުގެ މަގު ލިބިގެންވުމެވެ. ދުނިޔޭގެ އެތައް ތަނެއްގައި އެތައް ބަޔަކު ޣާފިލްކަމުގައި ވީއިރު އަދި ހެޔޮ މަގަކީ ކޮބައިތޯ ބެލުމަށް މަސައްކަތް ކުރަމުންދާއިރު އަހަރެމެންގެ މައްޗަށް ހިދާޔަތް ލިބުނީ އަހަރެމެންގެ އެއްވެސް އެދުމެއް އެކަމުގައި އޮވެގެން ނޫނެވެ. މުސްލިމު މައިންބަފައިންގެ ސަބަބުން އަހަރެމެންނަށް އެކަން ވީ ﷲގެ ދެއްވި އެންމެ މަތިވެރި ނަޞީބުކަމަށެވެ.

ﷲގެ ހިދާޔަތް ލިބި ، އެ މަގުގައި ޘާބިތުވެ ތިބޭ ބަޔަކީ ޔަގީނުން ވެސް އެފަދަ ދެވަނައެއް ނުވާ ނަޞީބުވެރީންނެވެ. އެފަދަ މީހުންނަކީ އެ ބަޔަކަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ވެސް ލިބިގެންވާ މީހުންނެވެ. އެ ބަޔަކަށް ދުނިޔެއާއި އާޚިރަތުގައި ވެސް ފަސޭހަކަމާއި ޚާއްޞަކަން ލިބިގެންވާނޭ މީހުންނެވެ.

މަތީގައިވާ ފޮޓޯގައި ފެނިގެންދާ އިންސާނާއަކީ ކީރިތި ރަޞޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިސްކިތް ، މަސްޖިދުއްނަބަވީގެ މަސައްކަތު މީހެކެވެ. ބައެއް މީހުންނަށް އާދައިގެ ވަޒީފާއެކެވެ. ނަމަވެސް އެ ވަޒީފާގެ ސަބަބުން އޭނާ ކުރިއަރައި އެ ދަނީ ކިހައި މަތިވެރި ހިސާބަކަށް ހެއްޔެވެ؟ ލިބިފައި އެ ވަނީ ކިހައި ބޮޑު ފުރުޞަތެއް ހެއްޔެވެ. ސުވަރުގޭގެ ބިންކޮޅެއްކަމުގައިވާ ރައުޟާގައި މި ބަރަކާތްތެރި ރަމަޟާން މަހުގެ 23 ވިލޭރޭ އޭނާ އެ އިނީ ގިނިކަންޏާއެވެ. ދަމުނަމާދުގެ ވަގުތުގައި ﷲއަށް ދެންނެވުމުގައެވެ. ކިހައި ބޮޑު ނަޞީބެއްތޯއެވެ.

ރައުޟާއަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅާއި އެކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދުގައި އޮންނަ ބިންކޮޅެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!