Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ފުވައްމުލަކު ސިޓީ އިން އިތުރު ތިން މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

މި އަދަދާއެކު މިހާރު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ. އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހަތް މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު އެ ސިޓީގައި ފަރުވާދެމުން ދަނީ 31 މީހަކަށެވެ.

އެސިޓީގެ ކައުންސިލްގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީ ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ، މިހާރު އެ ސިޓީން ޖުމްލަ 4485 ސާމްޕަލް ނަގާފައި ވާ ކަމަށާއި، އެގޮތުން މިއަދު 103 ސާމްޕަލް ނެގި ކަމަށެވެ. އަދި މިއަދު ނެގި ސާމްޕަލްތަކުގެ ތެރެެއިން ނަތީޖާ ނުލިބޭ 204 ސާމްޕަލް އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ސުންކު ނެގި ފަރާތްތަކުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވި 84 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް