ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްފައި އޮތް 89 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 8:57 ގައި ނިޔާވެފައިވާ ކަމަށެވެ.
މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެވަނަ މީހާއެވެ. އަދި މިއީ އެ ބަލީގައި ރާއްޖެ އިން ނިޔާވި 18 ވަނަ މީހާއެވެ.
ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހީންނާއި، ހަ ބިދޭސީންނެވެ.