ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު ސަރުކާރުން ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވާތަނެއް ނުފެނޭ: މުއިއްޒު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު ސަރުކާރުން ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވާތަނެއް ނުފެންނަ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުއިއްޒު މިހެން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި ވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް ދިއުމާ ގުޅިގެންނެވެ. އެޗްޕީއޭއިން މިރޭ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 215 މީހުން ފައްސިވެފައި ވެއެވެ.

އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތު ގައުމުގައި ގޯސްވަމުންދާއިރު ސަރުކާރުން ގައުމުގެ ރައްޔިތުންނާ ދޭތެރޭ ކަންބޮޑުވެ އަޅާލާ ތަނެއް ނުފެންނަ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ވުރެ އިސްކަން ދޭ އެހެން ކަންތައްތަކެއް ސަރުކާރަށް އޮތީތޯ." މުއިއްޒު ސުވާލު ކުރެއްވިއެވެ.

މިއަދަކީ ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ. މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 4000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މިހާރު ފައްސިވެފައި ވަނީ ޖުމްލަ 4،255 މީހުންނެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާއެކު ލޮކްޑައުން ކުރީ އޭޕްރިލް 15 ގަ އެވެ. ދެ މަސް ދުވަހަށް ފަހު ޖުލައި 1 ގައި ބޮޑު ލުއިތަކެއް ދިން ހިސާބުން ފެށިގެން ކޭސްތަކުގެ އަދަދުތައް ދަނީ ގިނަވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!