Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އދ. ގެ މައިމަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ ޝާހިދު

އދ. ގެ މައިމަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ ޝާހިދު

ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދުކުރައްވާނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކަމަށް ފޮރިން މިނިސްޓްރީން މައުލުމާތު ދެއްވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއީ އދގެ ޢާއްމު މަޖިލީހުގެ ރައީސަކު އެ ޖަމްއިއްޔާގެ މައި އިދާރާގައި އިމާމްވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.

ކޮންމެ ހުކުރު ދުވަހަކު އދ.ގެ މައި މަރުކަޒުގައި އިސްލާމީ ޤައުމުތަކުގެ މަންދޫބުންނާއި، އދ.ގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާޢަތުގައި ހުކުރު ނަމާދު ކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ނިއުޔޯކްގައި ހުކުރު ނަމާދުކުރާ ގަޑި ދިމާވާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ (ހުކުރު ދުވަހުގެ ރޭ) 10:00 ގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް