Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި ކުއްތާއެއް ގެންގުޅެނިކޮށް ފެންނަ ވީޑިއޯއެއް ފެންމަތިވެއްޖެ

ރާއްޖޭގައި ކުއްތާއެއް ގެންގުޅެނިކޮށް ފެންނަ ވީޑިއޯއެއް ފެންމަތިވެއްޖެ
ރާއްޖޭގައި ކުއްތާއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. ކުއްތާއަކީ އާންމުކޮށް ރާއްޖޭގައި ގެންގުޅުން މަނާ ޖަނަވާރެކެވެ. އެހެންކަމުން ރާއްޖޭގެ ފަޅު ރަށެއްގައި އޭތި ގެންގުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓިކްޓޮކްއިން ފެނުމުން، އެކަން ވަނީ އާންމުންގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައެވެ. އެ ވީޑިއޯއިން ފެންނަނީ ރާއްޖޭގެ ފަޅު ރަށެއްގެ މޫދަށް މުށި ކުލައިގެ ކުއްތާއެއް އަރުވައިގެން އުޅޭ މަންޒަރެވެ. މީގެ އިތުރުން، ދިވެއްސެއް ކަމަށް ބެލެވޭ ފިރިހެނަކު އެ ކުއްތާއާ އެކު ރަށު ތެރޭގައި އުޅޭ މަންޒަރާއި ބޭރު މީހަކު ވެސް އެ ކުއްތާއާއެކު އުޅޭ މަންޒަރު ފެނެއެވެ. ބެލެވޭ ގޮތުގައި އެ ކުއްތާއަކީ ބޭރުގެ އުޅަނދަކުން ބާލައިގެން އުޅުނު ކުއްތާއެކެވެ. "ޖެން ޑާލިންގް" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ އެ ވީޑިއޯގެ ކެޕްޝަންގައި ވެސް އޭނާ ލިޔެފައި ވަނީ އެއީ ރާއްޖޭގައި އޭނާ ހޭދަ ކުރި އެންމެ "ބެސްޓް"އެއް ދުވަސް ކަމަށެވެ. އަދި ކުއްތާއަކީ ރާއްޖެއަށް ގެނައުން މަނާ އެއްޗެއް ކަމުގައި އެ ވީޑިއޯއަށް ކޮމެންޓު ކުރި ވަރަށް ގިނަ މީހުން ބުނެފައިވެއެވެ. ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ޚާއްސަ ހުއްދައަކާ އެކު ކުއްތާ އެތެރެކޮށްގެން އުޅުނު ކަމުގައި ވިޔަސް، ވީޑިއޯއިން ފެންނަ މި ކުއްތާއަކީ ހުއްދަ ހޯދައިގެން އެތެރެކޮށްފައިވާ އެއްޗެއް ކަމެއް އެނގިފައެއް ނުވެއެވެ. ރާއްޖޭގެ ގާނޫނުގައި އޮންނަ ގޮތުން ކުއްތާ އެތެރެ ކުރެވޭނީ ލިޔުމަކުން ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިގެން އަދި އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދާ އެއްގޮތަށެވެ.

ރާއްޖެ އެތެރެކުން މަނާ އެއްޗެއް ގާނޫނާ ހިލާފަށް އެތެރެކޮށްފި ނަމަ ނުވަތަ އުފައްދައިފި ނަމަ ހަ މަހާއި ދެ އަހަރުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 5،000ރ - 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް