Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ޓީޗަރުންގެ ބޮޑު މުސާރައިގެ ތަފްސީލް ރައީސް މާދަމާ ހާމަކުރައްވަނީ

ޓީޗަރުންގެ ބޮޑު މުސާރައިގެ ތަފްސީލް ރައީސް މާދަމާ ހާމަކުރައްވަނީ

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހައި މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފައި ވާތީ މުސާރައިގެ އައު އޮނިގަނޑު މާދަމާ ރަސްމީކޮށް އިއުލާންކުރަން ނިންމައިފިއެވެ.

އޮންލައިން ނޫސް "އަވަސް"އަށް އެކަން ޔަގީންކޮށްދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މުސާރައިގެ އައު އޮނިގަނޑު މާދަމާގެ ވަގުތެއްގައި އިއުލާންކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށެވެ.

ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށް ދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

Advertisement
HDC — Sidebar (box)

ރައީސް ޞާލިޙްގެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވުމުގެ ގޮތުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހައި މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކުރަން ނިންމަވައި އެކަން ރައީސް ޞާލިޙް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިދިޔަ މާރިޗް މަހުގެ ތިންވަނަ ދުވަހު ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

"އަންނަ މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލައި 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ކުރިއެރުން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މެއި މަހުން ފެށިގެން 32،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް