Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަނާ ކޮށްފައިވަނިކޮށް ކައިވެނި ޕާޓީއެއް ބޭއްވުމުން ސޯލްޓް ކެފޭ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

މަނާ ކޮށްފައިވަނިކޮށް ކައިވެނި ޕާޓީއެއް ބޭއްވުމުން ސޯލްޓް ކެފޭ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ޕާޓީތަކާ ޚަފްލާތައް ބޭއްވުން މަނާކޮށްފައި ވަނިކޮށް، މިއަދު ހަވީރު ކައިވެނި ޕާޓީއެއް ބޭއްވި މައްސަލައިގައި ސޯލްޓް ކެފޭ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ސޯލްޓް ކެފޭއަށް ފިޔަވަޅު އަޅާފައިވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ
އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ޤާނޫނީ ޝަޚްޞަކުން ޢަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު -/5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ދެވަނަ ފަހަރު -/25،000 ރުފިޔާ. ތިންވަނަ ފަހަރު -/50،000 ރުފިޔާ، ހަތަރުވަނަ ފަހަރު -/75،000 ރުފިޔާ އަދި ފަސްވަނަ ފަހަރުން ފެށިގެން ދެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިއަދު ހަވީރު ސޯލްޓް ކެފޭގައި އެޕާޓީ ކުރިއަށް ދިޔަކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ނޫސްވެރިންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް