އެއާޕޯޓުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާކަމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދޫނި ލެބުން ވައްކަންކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމު ކުރުމަށް ފަހު ފުލުހުން ވިދާޅުވީ، ދެ މީހަކު ވެގެން ވީއައިއޭގެ އެނިމަލް ޔުނިޓުން ވައްކަން ކުރީ މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުން ވައްކަން ކުރީ ދޮރެއް ހަލާކުކޮށްލައިގެން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައަކީ އެއާޕޯޓު ފުލުހުން ބަލަމުންދާ މައްސަލައެއް ކަމަށާއި ނަމަވެސް މިހައިތަނަށް ކުރި މަސައްކަތުން މިކަން ކުރީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ އެ ދެމީހުން ހޯދިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
https://twitter.com/PoliceMv/status/1520494135383273472?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1520494135383273472%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fjazeera.mv%2F130685%2F
އެ ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެއާޕޯޓް ޕޮލިސްގެ ނަންބަރު 9968024އަށް ގުޅައި އެކަން ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.




.webp)

ކޮމެންޓް