ޚަބަރު ސިޔާސީ

އީދުު ފާހަގަ ކުރުމަށް ރަައީސްގެ ދެ ކަނބަލުން މާފުއްޓަށް، ހޫނު މަރުޙަބާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދު ކ. މާފުއްޓަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު މެންދުރު ކ.މާފުއްޓަށް ވަޑައިގެންނެވުމުން، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުޙަބާ ދެންނެވުމަށް މާފުށީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ.

ރައީސްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންނެވީ، މާފުށީ ކައުންސިލުގެ ޚާއްސަ ދަޢުވަތަކަށް، މާފުށީގައި އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މާފުށީގެ އީދު ހަރަކާތްތައް ފެށުނީ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުންނެވެ. އޭގެ ފަހުން އީދު ސައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެކި އުމުރުފުރާ ތަކަށް ހާއްސަކޮށްގެން ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އީދާ ދިމާކޮށް އިއްޔެ އެކަނި ވެސް 1،800އަށް ވުރެ ގިނަ މީހުން ވަަނީ މާފުއްޓަށް އަރއިފައެވެ. އެ ރަށުގެ ހުރިހާ ގެސްޓް ހައުސްތައް ފުލްވެ ކުލީ ކޮޓަރިތައް ވެސް ވަނީ ވިކިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!