Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުރީގެ އަންހެނުންގެ ދައްތަގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލުމަށް ފަހު މިސްކިތުގައި އިންދާ ހައްޔަރުކޮށްފި

ކުރީގެ އަންހެނުންގެ ދައްތަގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލުމަށް ފަހު މިސްކިތުގައި އިންދާ ހައްޔަރުކޮށްފި

ފިރިހެނަކު އޭނާގެ ކުރީގެ އަނބިމީހާގެ ގެއަށް ވަދެ މާރާމާރީ ހިންގައި، އޭނާގެ ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލައިފިއެވެ.

އެކަން ކުރި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ އުޅުނީ އޭނާގެ ދަރިން ވަގަށް ގެންދާށެވެ. ގއ. ވިލިނގިލީގައި ހިނގި މި ހާދިސާގައި އެ ފިރިހެން މީހާގެ އަންްހެނުންނާ އެކު އިތުރު ހަތަރު މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ ގ. ޗެރީ ހައުސް އަލީ ހަސަން (35އ.) އެވެ. އެރަށުގެ ބައެއް މީހުން ބުނި ގޮތުގައި އަލީ ހަސަން އިއްޔެ ހައްޔަރު ކުރީ، އެ މާރާމާރީ ހިންގުމަށްފަހު މިސްކިތުގައި އިންދައެވެ.

އޮންލައިން ނޫސް "ދައުރު"އަށް ވިލިނގިލީގެ ބައެއް މީހުން މައުލޫމާތު ދެމުން ބުނީ، އަލީ ހަސަން މީގެ ދުވަސްތަކެއް ކުރިން އެރަށަށް ދިޔައީ އޭނާގެ ދަރިންނާ ބައްދަލު ކޮށްލަން ކަމަށް ބުނެ ކަމަށާއި އޭނާއާއި އާއިލާާއާ ދެމެދު މައްސަލަ ޖެހުނީ ފަތިސް ނަމާދަށް ދަރިން ގެންދަން ކަމަށް ބުނެ ދަންވަރު ތިނެއް ޖެހިއިރު އެގެއަށް ދަރިން ބަލައި ދިޔުމުން ކަމަށެވެ.

އަލީ ހަސަން އުޅުނީ އޭނާގެ އެ ދެދަރިން ގޮވައިގެން އެރަށުން ފިލައިގެން ދާން ކަމަށް އާއިލާއިން ތުހުމަތު ކުރި ކަމަށާއި އެހެންކަމުން އެކަމާ ދެކޮޅު ހެދުމުން އޭނާ ތަޅައިގަތީ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މާރާމާރީ ހިންގުމަށް ފަހު ފިލަން ވެގެން ގޮސް އަލީ ހަސަން އިނީ މިސްކިތުގައި ކަމަށާއި ފުލުހުން އޭނާ ހައްޔަރު ކުރީ ވެސް އެ ތަނުން ކަމަށް އެހެން މީހަކު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް