Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ފައްޔާޒުގެ ވައުދެއް: ފުރަތަމަ ގޮވައިލާނީ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިޚާބަށް

ފައްޔާޒުގެ ވައުދެއް: ފުރަތަމަ ގޮވައިލާނީ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިޚާބަށް

އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ހޮވިއްޖެ ނަމަ ކުރައްވާނެ އެންމެ ފުރަތަމަ މަސައްކަތަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާގެ މަޖިލީހުގެ އިންތިޚާބަށް ގޮވައިލެއްވުން ކަމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ޗެއަޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައްޔާޒު ވިދާޅުވީ މި މަހުގެ 14ވަނަ ދުވަހު އޮންނަ އިންތިހާބުން ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރާނެ ކަމަކީ “އިސްލާމީ މަޝްވަރާ މަޖިލީސް”ގެ އިންތިހާބަށް ގޮވައިލުން ކަމަށެވެ. ފައްޔާޒު ވިދާޅުވީ މި ގައުމާއި ޕާޓީގެ ކަންކަން ކުރިޔަށް ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތީން ކަަމަށެވެ.

Advertisement
Allied Insurance — Square (box)

"މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14ގައި އަޅުގަނޑު މި މަގާމަށް އިންތިޚާބުވުމާ އެކީގައި އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިޚާބަށް ގޮވައިލުން. އަޅުގަނޑުމެން ގައުމުގެ ކަންކަން އަޅުގަނޑުމެން ޕާޓީގެ ކަންކަން ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް  ދަތުރު ކުރެވުނު އިރު އެއްވެސް ރަށަކުން ސަރުކާރާ ފެޔަށް ދާން ބޭނުން ވާ ތަން ފެނިވަޑައިގެންފައި ނުވާ ކަމަށާއި މިއަދު ރައްޔިތުން ބޭނުންވަނީ ސަރުކާރާއި ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން އެމްޑީޕީ މެމްބަރުންނާ ދިމާލަށް ދިއްކުރާ އިނގިލި އެއީ ގޯހެއްކަން ދައްކައިދޭން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އަސާސީ ގަވާއިދުގައި ހުރި ކަންކަން އިސްލާހުކޮށްގެން ކަމަށް ވިދާޅުވިއެވެ.“ހާއްސަކޮށް ދީނާ ގުޅޭ ކަންކަން ރައްޔިތުންނަށް ދެއްކިގެން، ފެނިގެން” ފައްޔާޒް ވިދާޅުވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް