މިނިސްޓަރ މަޙްލޫފް ވެސް ޓިކްޓޮކަށް!

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙުމަދު މަޙްލޫފް ވެސް ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރ މަޙްލޫފް ޓިކްޓޮކް ބޭނުން ކުރަން ފެށީ އިއްޔެ އެވެ. އަދި އެމަނިކުފާނުގެ އެކައުންޓު މިހާރު ވަނީ ވެރިފައި ވެސް ކޮށްފައެވެ.
ރާއްޖޭގައި ޓިކްޓޮކް ބޭނުން ކުރަން ފެށި ފުރަތަމަ މިނިސްޓަރަކަށް މަޙްލޫފް ވެފައިވާއިރު، އެމަނިކުފާނު މިހާރު ދެ ވީޑިއޯ އެއް ވަނީ ހިއްސާ ކޮށްފައެވެ.
<img class="alignnone wp-image-66077 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/20210223_190523-611x1024.jpg" alt="" width="611" height="1024" />
މިހާތަނަށް 208 މީހަކު މިނިސްޓަރ މަޙްލޫފް ފޮލޯ ކޮށްފައި ވާއިރު، އެމަނިކުފާނު ފޮލޯ ކޮށްފައި ވަނީ އެންމެ މީހެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓަރ އޮފް މީޑިއާ ހަސަން ޒިޔާއުއެވެ.
މިނިސްޓަރ މަޙްލޫފް އެންމެ ފުރަތަމަ ހިއްސާ ކޮށްފައި ވަނީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވަޑައިގެން ދެއްކެވި ވާހަކަތަކެވެ. އެ ވީޑިއޯ މިހާތަނަށް 18000 އަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، 200 އަށްވުރެ ގިނަ މީހުން އެ ވީޑިއޯއަށް ލައިކް ދީފައިވެއެވެ.
ދެވަނައަށް މިނިސްޓަރ މަޙްލޫފް ހިއްސާ ކޮށްފައި ވަނީ އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) އާއި ލަވަކިޔުންތެރިޔާ ހަމޫދު ކިޔާފައިވާ ލަވައެއްގެ ޓްރޭލަރ އެކެވެ. އެއީ ހަނގާ ކުރުމާ ދެކޮޅަށް މެސެޖުތަކެއް ދޭ ލަވައެކެވެ.



.jpeg?prefix=media)



ކޮމެންޓް