ޚަބަރު

ބުދު ދީނުގެ އާސާރުތައް މަރާމާތު ކުރާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ހެރިޓޭޖް މިނިސްޓްރީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ދޮގުކޮށްފިއެވެ.

Ads by STELCO

ރާއްޖޭގެ ކުރީގެ އާސާރުތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން ބުދު ދީނަށް އުޅުނު ކަމުގެ ނިޝާންތައް ފެންނަން ހުރި އާސާރުތައް އާބާތުރަ ފިލުވުމަށް އިންޑިއާ ސަރުކާރުގެ އެހީ ދީފައިވާތީ އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިކަމާ ގުޅިގެން ބައެއް މީޑިއާތަކުން ވެސް ވަނީ، މިއީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަން ފާހަގަކޮށް، މިއީ އިންޑިއާއިން ރާއްޖޭގެ ހުކުރު މިސްކިތް ހިފުމަށް ކުރާ މަސައްކަތްތަކެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް ރިޕޯޓުކޮށްފައެވެ.

އެ ޚަބަރުތަކާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެއީ މީޑިއާތަކުން ފަތުރަމުން އަންނަ ދޮގު، އަދި ފިތުނަވެރި ޚަބަރުތަކެއް ކަމަށެވެ.

"މިފަދަ ދޮގު ޚަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ އަމަލުތަކެކެވެ. ދިވެހިންގެ ދީނީ ލޯތްބާއި ދީނަށް ޓަކައި އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަ ގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމަށް ހިންގާ މި ބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް ގޮވައިލަމެވެ." ހެރިޓޭޖް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން ބުނެފައި ވަނީ، އިންޑިއާ ސަރުކާރުގެ މާލީ އެހީގައި މި ދާއިރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަޙައްދުގައި ދާރުލްއާސާރަކާ އެކު ހެރިޓޭޖް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ ތާރީޚާއި ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި އިސްލާމް ދީން ދެކެ ދިވެހިން ވާ ލޯބި ދައްކައިދޭ ދިވެހިވަންތަކަމުގެ ރަމްޒެއްކަން ފާހަގަ ކުރަމުން ހެރިޓޭޖް މިނިސްޓްރީން ބުނީ، މި ކަންކަން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ޒަމާނުއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ. މިގޮތުން 1987އިން 1988އަށް އިންޑިއާގެ އެހީގައި މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢެއް ހިންގިފައިވާ ކަމަށާއި އިންޑިއާގެ ހިލޭ އެހީގައި މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމަށް 23 މިލިއަން ރުފިޔާގެ މަޝްރޫއެއް މިހާރު ދަނީ ހިންގަމުންދާ ކަމަށް ބުނެފައިވެއެވެ.

އަދި އިންޑިއާގެ އެހީގައި 2001ވަނަ އަހަރު އދ. ފެންފުށީ އާސާރީ މިސްކިތުގެ އަދި 2004ވަނަ އަހަރު މާލޭ ދަރުމަވަންތަ މިސްކިތުގެ އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ވަނީ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"މީގެ އިތުރުން މިހާރު މި ދާއިރާއިން ކުރިއަށްދާ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި، ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާ ގުޅިގެން އާކޭޑިއާ ފަންޑުގެ މާލީ އެހީގައި ރާއްޖޭގެ މާއްދީ ސަގާފީ ތަރިކަ ޒަމާނީ ފެންވަރަށް ކިތާބުކޮށް، 3ޑ ސްކޭންކޮށް، އާސާރީ ސަރަޙައްދުތައް ޖިއޯޓެގް ކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ވޯލްޑް މޮނިއުމަންޓް ފަންޑްގެ އެހީގައި ކުރެވޭ މަސައްކަތް ހިމެނެއެވެ." ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

ނ. ލަންދޫ މާބަދިގެ ސަރަޙައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަޙައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީ ނަމަވެސް، އެ ސަރަޙައްދުގައި ހިންގަން ރާވާފައިވާ މަޝްރޫޢުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކަމަށާއި މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ 4 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހީންނަށް އެ މިނިސްޓްރީން ވަނީ އަރުވައިފައެވެ. އަދި މި މަރުކަޒުން ހިންގާ އެކިއެކި މަޝްރޫޢުތައް އަބަދުވެސް ކުރިއަށް ގެންދަނީ ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އޭގެ ރޫޙާ އެއްގޮތަށް ކަމުގައި ވެސް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.

Ads by Ooredoo
  1. އަލީ

    މިގައުމުގަ ބުދުދީން އަދި ފަތުރާނެވެސްމެ ކޮއްފަ ނުކުރާނެ ކަމެއް އަދި ހީކުރަންވެސް ނޭގޭނެ

  2. ޑީމަކްރަތީ

    މިހިރަ އައުރަނިވާނުކުރާއަންހެނާ ބައްޕައުޅުނީދީނީމީހުންގެ ތުބުޅިގާސޯސްލާން މިނިސްޓަރުކާހެދި ހޭބަލިވާ ރިޔައުޅެނީ ބުދުދީންގެއާސާރީކުރަން ފޮށާފަޅި މޯދީހެ އަވާގާޖެހިގެން މިގައުމި ބައްޕާވެގެންގައުމުވިއްކާލަން؟