ބޮލީވުޑް މުނިފޫހިފިލުވުން

ޝާހްރުކް ޚާނާ ވައްތަރުވުމުން އިބްރާހިމަށް ވެސް މަޝްހޫރުކަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކަކު އަނެކަކާ ވައްތަރު މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް އެކަކު އަނެކަކާ ތަފާތު ވެސް ނުކުރެވޭހައި ވަރަށް ވައްތަރު މީހުން ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ.

Ads by MWSC

ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓާ ޝާހްރުކް ޚާނާ ވައްތަރު އެތައް ބަޔަކު ވެސް ވަނީ މީގެ ކުރިން ފެނިފައެވެ. އެމީހުންނާއި ޝާހްރުކް ޚާނާ ވަކި ކުރަން ގިނަ މީހުންނަށް އެނގުނަސް، އިންޑިއާގެ އެހެން އަވަށަކަށް އުފަން އިބްރާހިމް ޤަދްރީއާއި ޝާހްރުކް ތަފާތުކުރަން ނޭނގޭހައި ބޮޑަށް އެއްވައްތަރެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް އިބްރާހިމް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާއަކީ ދުވަހަކުވެސް އޭނާ ހުންނަ ގޮތާމެދު މާބޮޑު ސަމާލުކަމެއް ދިން މީހެއް ނޫން ކަމަށާއި ނަމަވެސް ޝާހްރުކް ޚާނާ އޭނާ ވަރަށް ވައްތަރު ކަމަށް އިބްރާހިމްގެ އާއިލާއާއި ރަށްޓެހިން ވެސް ވަރަށް ގިނައިން ބުނަމުން ދިޔަ ކަމަށެވެ.

"އަހަރެންގެ މައިންބަފައިން ވަރަށް ބޮޑަށް ފަޚުރުވެރިވޭ އަހަރެން އިންޑިއާގެ ސުޕާސްޓާރަކާ ވައްތަރުވީމަަ." އިބްރާހިމް ބުނެފައިވެއެވެ.

ޝާހްރުޚްއާ ވައްތަރުކަމުން އިބްރާހިމަށް ވަނީ ތަފާތު ހާދިސާތަކަކާ ވެސް ކުރިމަތިވެފައެވެ. އެގޮތުން އޭނާ ބުނީ، ޝާހްރުކް ޚާންގެ ފިލްމް،”ރައީސް" ބަލަން ސިނަމާތަކަށް ދިޔުމުން، ޝާހްރުކް ޚާން ކަމަށް ހީކޮށް ބައެއް މީހުން އޭނާއާ އެކު ފޮޓޯ ވެސް ނެގިކަމަށެވެ.

"އެހެން ހާދިސާއެއް ވެސް ކުރިމަތިވި. ކްރިކެޓް މެޗެއް ބަލަން އަހަރެން ސްޓޭޑިއަމަކަށް ދިޔުމުން އެތަނުގައި ތިބި ބައެއް މީޑިއާތަކުގެ މީހުންނާއި އާންމުން ވެސް ހީކުރީ އަހަންނަކީ ޝާހްރުކް ކަމަށް. މީޑިއާތަކުގެ މީހުން އެމީހުންގެ ކެމެރާތައް ވެސް އަހަންނާ ދިމާލަށް ދިއްކުރި. އަހަންނަކީ ޝާހްރުކް ނޫން ކަމަށް ބުނުމުން ވަރަށް ހައިރާންވެގެން ތިބެ އެންމެން ވެސް ދުރަށް ދަނީ. އާންމުންގެ ބައެއް މީހުން ޝާހްރުކް ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ޑަޔަލޮގްތައް އަހަންނަށް ކިޔައިދީ، އަހަރެންގެ ޓީޝާޓަށް ވެސް ދަމާ ހެދި. އަހަރެން ހިތަށް އަރާ މީހުން ވަރަށް ލޯބިވެޔޭ އޭނަ ދެކެ. އަދި ހިތަށް އަރާ މިއީ ޝާހްރުކް ޚާން ކޮންމެ ދުވަހަކު އުޅޭ ހާލު ބާއޭ ވެސް" އިބްރާހިމް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

އިބްރާހިމް ބުނީ އޭނާ މިހާރު އެންމެ ބޭނުންވާ އެއް ކަމަކީ ޝާހްރުކް ޚާނާ ކޮންމެ ވެސް ދުވަހަކުން ބައްދަލުކޮށްލުން ކަމަށެވެ. އެ ދުވަހަކުން އޭނާގެ ސަބަބުން އިބްރާހިމަށް ވެސް ލިބެމުންދާ ލޯތްބާއި މަގުބޫލުކަމަށް ޝުކުރު އަދާކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!