އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ބަލަނީ

އެއް އާއިލާއެއްގެ ހަ ކުޑަ ކުއްޖަކަށް މީހަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލެ ސަރަހައްދުގައެވެ. މި ހާދިސާގައި އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ އިތުބާރު ހުރި މަގާމެއްގައި ހުރި، އެކުދިންގެ އާއިލާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލެ ސަރަހައްދުގައި ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މާޗް މަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށާއި އެ ކުދީންނަށް ޖިންސީ ގޯނާ ކުުރިކަމުގެ ތުހުމަތު އުފުލިފައިވަނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ކަމަށެވެ.
މިކަމާ ގުޅިގެން މިދިޔަ މަހުގެ ނުވަވަނަ ދުވަހު، އުމުރުން 55 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެމީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރައްވަމުންނެވެ.





.webp)

ކޮމެންޓް