Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވިލިމާލެއަށް ނާރަން އިންޒާރުދީފި: ނަހުލާ

ވިލިމާލެއަށް ނާރަން އިންޒާރުދީފި: ނަހުލާ

ވިލިމާލޭ ދާއިރާގެ ޕީޕީއެމްގެ ކައުންސިލް މެންބަރު ނަހުލާ އަލީ، ވިލިމާލެެއަށް ނާރަން އަންގައިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި އޭނާ ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ އެކު ދޮރުން ދޮރަށް މިއަދު ހަވީރު ހިނގަން ހަމަޖެހިފައި ވަނިކޮށް އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އިންޒާރު ދިނަސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގައި ދޮރުުން ދޮރަށް ހިނގުމަށް ހަމަޖެހިފައި ވަނީ، ހުސްވެފައިވާ ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުންނެވެ.

Advertisement
Ooredoo — Square (box)

ނަހުލާއަށް އިންޒާރުދީފައި ވަނީ ކޮން ފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުއަށް ނަހުލާ ވަނީ ތުހުމަތުތަކެއް ކުރައްވައިފައެވެ.އެމްއެންޕީގެ ކެނޑިޑޭޓަށް ކެންޕެއިން ކުރައްވާތީ ހުށަހެޅިފައިވާ ނަހުލާގެ ސުލޫކީ މައްސަލައެއް ޕީޕީއެމްއިން ދަނީ ބަލަމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް