Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަހުލާއާއި އޭނާގެ މަންމަ ޕީޕީއެމްއިން ވަކިކޮށްފި

ނަހުލާއާއި އޭނާގެ މަންމަ ޕީޕީއެމްއިން ވަކިކޮށްފި

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ އަލީ، އޭނާ ހުރި ޕީޕީއެމްއިން ވަކިކޮށްފިއެވެ.

ނަހުލާގެ އިތުރުން އޭނާގެ މަންމަ އާމިނަތު ލީލާ ޕީޕީއެމްއިން ވަކިކޮށްފައި ވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައިއިލެކްޝަންގެ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ހުށަހެޅުނު ސުލޫކީ މައްސަލަ ބެލުމަށް ފަހު އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބެލި މި މައްސަލައިގައި ނަހުލާއާއި އޭނާގެ މަންމަގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސާބިތުވާ ހެކި ހުރި ކަމަށާއި އެ ގޮތުން މީހުންނާ ގުޅައި ޕީޕީއެމްއާ އިދިކޮޅު ކެނޑިޑޭޓަށް ވޯޓްދޭން އެދި ދައްކައިފައިވާ ވާހަކައިގެ ވީޑިއޯ ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ނަހުލާގެ ފޭސްބުކް އެކައުންޓްގައި، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ވެސް އޭނާ ވަނީ ދައްކައިފައެވެ.

ފޭސްބުކްގައި ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ނޫން ބޭފުޅަކު ވެރިކަމަށް ގެންނަން ޕާޓީގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝާ ޕީޕީއެމް ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު،" ނަހުލާ ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް