ޚަބަރު

މި ވެރިިކަން ވައްޓާލާކަށް ނޫޅެން، އެކަން ކުރަން އުޅޭ ނަމަ މިހާރު ތިބޭނީ ކުޑަދޫ ބުރިކޮށްފައި: ޝުޖާޢު

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ވެރިކަން ވައްޓާލަން ޕީޕީއެމުން ނޫޅުއްވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެެ.

Ads by MWSC

ޝުޖާއު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް، ބާރާއި ނުފޫޒު ބޭނުން ކޮށްގެން ސިޔާސީ ވެރިން ހައްޔަރުކުރިކަމަށް ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ހުސްވެފައިވާ ގޮނޑީގެ ބައިއިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އައިމިނަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅުވައި ކުރެއްވި ޓްވީޓެއްގައި ރިޔާޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ސިޔާސީ މީހުން ޖަލަށްލާފައި ވަނީ، އެ މަނިކުފާނުގެ އަމުރަށް ގާނޫނީ ހަމަތަކުގެބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކަމަށެވެ.

މިކަމާ ގުޅިގެން ޝުޖާޢު ވިދާޅުވީ ރިޔާޒު ރައީސް ⁦‪ޔާމީން‬⁩ ދެކެ ހަސަދަވެރިވާ ސަބަބަކީ 2013ވަނަ އަހަރު އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ނުދެއްވުން ކަމަށެވެ. ”ބަލަ ރިޔާޒޫ އެކަން ނިންމީ ރައީސް ޔާމީންއެއް ނޫނޭ. އެއީ ޤާސިމްގެ ނިންމުމެކޭ” ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން މި ވެރިކަން ވައްޓާލަން އުޅޭ ނަމަ މިހާރު ތިބޭނީ ކުޑަ ދޫ ބުރިކޮށްފައި ކަމަށާއި ފެންނަމުން މިދަނީ ބެނާއެއް ދަމާލުމުން ހޭއަރުވާލާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

“މީ ޑިމޮކްރަސީ ހިނގާ ގައުމެއްތަ؟ ކޮބާތަ ކަލޭމެން އެންމެންގެ ޑިމޮކްރަސީ އަނގަ؟” ޝުޖާޢު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!