Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަ ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ މީސްމީޑިއާގައި ދައުރު ނުކުރަން ޖެންޑާއިން އިލްތިމާސްކޮށްފި

ށ. އަތޮޅު މިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި ވީޑިއޯ މީސްމީޑިއާގައި ދައުރު ނުކުރަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން އެދިއްޖެއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ކުދިންތަކެއް ވެގެން، ކުއްޖަކު ވަޅެއްގެ ތެރެއަށް ލައި އަނިޔާދޭ މަންޒަރެވެ. އަދި އެ ކުއްޖާ ގައިގައި ދަނޑިން ތަޅާ ތަން ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން މިއަދު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މިކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރވިސްއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާ އެކު މަސައްކަތްކުރަމުން ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ދަނީ ތަޙްޤީޤް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑިއޯއަކަށް ވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯއަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް