Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވިލިމާލޭ ދާއިރާގެ ވޯޓް އަލުން ގުނަން އެމްއެންޕީއިން ހުށަހަޅަނީ

ވިލިމާލޭ ދާއިރާގެ ވޯޓް އަލުން ގުނަން އެމްއެންޕީއިން ހުށަހަޅަނީ

މާލެ ސިޓީި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ބާތިލު ވޯޓް އަލުން ގުނަން ހުށަހަޅަން އިންތިޚާބުގައި ވާދަކުރި އެމްއެންޕީއިން އިލެކްޝަންސްގައި އެދޭނެ ކަން އެ ޕާޓީން ހާމަކޮށްފިއެވެ.

މިއަދު ކުރިޔަށް ދިޔަ މި އިންތިޚާބުގައި، ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ މި އިންތިޚާބު ކާމިޔާބުކުރީ އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާގެ މައްޗަށް އެއް ވޯޓުން ހޯދައިގެންނެވެ.

އެމްއެންޕީގެ ނައިބު ރައީސް, ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އޮންލައިން މީޑިއާއަކަށް ވިދާޅުވީ، އިންތިހާބުގެ ބާތިލު ވޯޓު ގުނިއިރު މައްސަލަތަކެއް އުޅޭ ކަމަށް, ވޯޓު ފޮށިތައް ކައިރީގައި ތިބި އެ ޕާޓީގެ ބައެއް އޮބްޒާވަރުން ފާހަގަކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިހެން ކަމުން ބާތިލު ވޯޓް އަލުން ގުނަން އިލެކްޝަނަށް ދާން ނިންމައިފައިވާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް