ޚަބަރު ސަރުކާރު

އެއް މިލިއަން ރުފިޔާގެ އިނާމާ އެކު ހުޅުމާލޭ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް ހުޅުވައިލައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ؛ސޯޝަލް މީޑިއާ

އެއް މިލިއަން ރުފިޔާގެ އިނާމަކާ އެކު ހުޅުމާލެ ފޭސް 2ގެ އިސްމާލިކް ސެންޓަރުގެ ޑިޒައިން ހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

އަލަށް އާބާދުވަމުން އަންނަ ހުޅުމާލޭ ފޭސް 2ގައި ޒަމާނީ އިސްލާމިކް ސެންޓަރު ޑިޒައިންކުރުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށް ވެސް ވަނީ ހުޅުވައިލައިފައެވެ.

ހުޅުމާލެ ފޭސް 2ގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭ އިރު 2ވަނައަށް ދާ ފަރާތަކަށް 2 ލައްކަ ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ ދިނުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ފޭސް 2ގައި ތަަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގައި ނަމާދު ކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއަކާއި، އޮފީސް ބަޔަކާއި، މަލްޓިޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ، ސްޓާފް ކެންޓީނުގެ އިތުރުން ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާއެއްގެ އިތުރުން ރެކްރިއޭޝަނަލް އޭރިއާއެއް ހިމެނޭނެކަމަށް އެ މިނިސްޓްރީ މަޢުލޫމާތުދެއެވެ.

މި އިމާރާތުގެ ޑިޒައިންއަކީ ތަފާތު ޚިޔާލަކަށް ހަދާ އަދި އެއްވެސް ތަނަކުން މިހައިތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެކަމަށް އެ މިނިސްޓްރީ ބުނެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 25 އޯގަސްޓު 2022އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!