ކުޅިވަރު ފުޓްބޯޅަ

އޭ.އެފް.ސީ ކަޕް: މާޒިޔާގެ ދެވަނަ މެޗުގައި މިރޭ ގޯކުލަމް ކެރެލާ އެފް.ސީއާ ދެކޮޅަށް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: އަދަދު

އޭ.އެފް.ސީ ކަޕް ދެކުނު އޭޝިއާގެ ގުރޫޕުގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި މިރޭ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުކަލަމް ކެރެލާއާ ދެކޮޅަށް ނިކުންނާނެއެވެ.

Ads by MWSC

އިންޑިއާގެ ކަލްކަތާގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ މާޒިޔާ މިރޭ ކުޅޭ މެޗު އޮންނާނީ ރާއްޖޭ ގަޑިން 20:00ގައި އިންޑިއާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.

މި މުބާރާތުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަތުން ވަނީ 1-0އިން ބަލިވެފައެވެ. މާޒިޔާއަށް އެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މޮޅަށް ކުޅުނު ނަމަވެސް ގޯލް ނުޖެހުމުގެ މައްސަލައެވެ. އެ މެޗުގައި މާޒިޔާއިން ވަނީ މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ވެސް ހޯދައިފައެވެ.

އޭ.އެފް.ސީ ކަޕުގެ ދެވަނަ ބުރުން ފުރުސަތު ލިބޭނީ މި ގުރޫޕުން އެއްވަނަ ދާ ޓީމަކަށެވެ. މާޒިޔާއިން މުބާރާތުގައި ކުރިއަށް ދިއުމަށް މިއަދުގެ މެޗުން މޮޅުވާން ވަނީ މަޖުބޫރުވެފައެވެ.

މި ގުރޫޕުގެ އަނެއް މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ އޭ.ޓީ.ކޭ މޯހަން ބަގާން އަދި ބަޝުންދުރާ ކިންގްސްއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!