ޑައިވް ކުރަނިކޮށް ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް އިންޑިއާއަށް!

ފިތުރު ޢީދު ދުވަހު ފުވައްމުލަކު ކައިރިއަށް ޑައިވިނަށް ގޮސްގެން އުޅެނިކޮށް ހާލުދެރަވި ޒުވާނާ އިތުރު ފަރުވާއަށް އިންޑިޔާއަށް ފުރުވައިލައިފިއެވެ.
ޑައިވިނަށް ގޮސްގެން ހާލު ދެރަވެފައި ވަނީ ފުވައްމުލަކު ޓޮލްޑޯ، މަޙުމޫދު ފާއިޒު 19،އެވެ. މަޙުމޫދުގެ ހާލު ދެރަވުމާ ގުޅިގެން އޭ.ޑީ.ކޭ ހޮސްޕިޓަލާއި ޅ. ކުރެއްދޫ ރިޒޯޓުގައި ޤާއިމުކޮށްފައިވާ ޑީކޮމްޕްރެޝަންގައި ވެސް ވަނީ ފަރުވާދީފައެވެ.
އެ ދުވަހު އޭނާއާ އެކު ޑައިވިންގއަށް ފޭބި އެ ރަށު މުޙައްމަދު ސަޢީދު ވެސް ވަނީ ގެއްލިފައެވެ. ސިފައިން އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ. މަޙުމޫދުގެ ޢާއިލާގެ ބައެއް ފަރާތްތަކުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މަޙުމޫދުގެ ހާލު ދެރަވެފައި ވަނީ މުޙައްމަދު ސަޢީދު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. އެހެން ނަމަވެސް އެ ހާދިސާގައި ކަން ހިނގައިދިޔަ ގޮތެއް އަދި ޔަގީންކޮށް އެނގިފައެއް ނުވެއެވެ.