ލަންކާގެ ބޮޑު ވަޒީރުގެ އެޑްވައިޒަރަކަށް ރައީސް ނަޝީދު އައްޔަން ކުރެއްވި ސަބަބު ކިޔައިދީފި
އަވަށްޓެރި ޝްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ އެޑްވައިޒަރެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކުރެއްވި ސަބަބު، އިންޑިއާގެ ނޫހަކުން ހާމަކޮށްފިއެވެ.
ލަންްކާގެ އިޤްތިޞާދަށް މިހާރު ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް ލަފަޔާއި އިރުޝާދު ހޯއްދެއްވުމަށް ބޮޑުވަޒީރު ވިކްރަމްސިންހަގެ އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މިކަމާ ގުޅިގެން ވިކްރަމްސިންހަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިހާލަތުން އަރައިގަތުމަށް އެހީތެރިވުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުން އެ މަނިކުފާނު ޤަބޫލުފުޅު ކުރައްވައިފައިވާ ކަމަށެވެ. އެ ޓްވީޓަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ އެ މަނިކުފާނަށް ދެއްވި އެ ފުރުސަތަށް ޓަކައި ލަންކާގެ ބޮޑުވަޒީރަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އެހީތެރިވުމަށް ޓަކައި ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޓަކައި، ކޮލޮމްބޯގައި ހުންނަ ފޮރިން އެޑްވައިޒަރެއް ކަމަށްވާ ޑރ. ޝްރީމަލް ފަރނަންޑޯއާ އިންޑިއާގެ ނޫހަކުން ވަނީ ސުވާލުކޮށްފައެވެ.
އެ ގޮތުން "އިންޑިއަން ނެރޭޓިވް"ގައި މިކަމާ ގުޅޭގޮތުން ރިޕޯޓު ކޮށްފައި ވަނީ، ލަންކާގެ ބޮޑު ވަޒީރު ވިކްރަމަސިންހަގެ އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ނަޝީދު ކަނޑައަޅުއްވައިފައި ވަނީ، އެ މަނިކުފާނުގެ ދުރު ވިސްނުމުގެ ސަބަބުންނާއި އެ މަނިކުފާނަކީ ބޭރުގެ ގިނަ ޤައުމުތަކަކުން ތަރުހީބާއި ސަޕޯޓު ލިބިފައިވާ ފަރާތެއް ކަމަށްވާތީ ކަމަށެވެ. ޚާއްސަކޮށް ރައީސް ނަޝީދަކީ ޔޫރަޕްގެ ޤައުމުތަކުގައި ނުފޫޒުގަދަ އެއް ފަރާތެއް ކަމަށްވާ އިރު، ލަންކާގެ ދަތި ހާލަތުން އަރައިގަތުމަށް އެ މަނިކުފާނަށް ވަރަށް ބޮޑަށް އެހީތެރިވެވޭނެ ކަމަށް ވެސް ޑރ. ފަރނަންޑޯ ބުނެފައިވެއެވެ.
އިސްތަށިވެސް ބޭލޭނެ
ޤައުމު ނަގާ ކޮޅަށް ޖެހޭނެ .ކުޑަ ވަޒީރަށް. ބޮޑު ވަޒީރު ކުރާނެ މަސައްކަތެއް ދެން ނޯން ނާނެ . ކުޑަ ވަޒީރަށް ދެން މުސާރަ ދޭނީ . ބޮޑު ވަޒީރު ދެން އަަ އުޓް.ކުޑަ ވަޒީރު ދެން ބޮޑު ވަޒީރަކަށް ބަދަލު ކޮށްފަ ތިގައުމުގަ ބަހައްޓާ. 2025 ގަ މިކޮޅަށް ފޮނުވާ. ޢޭގެ ކުރިން ކޮންމެވެސް މި ކޮޅަށް ނުފޮނުވާ ވޭތޯ ބަލާތި.
ތާއީދު
ޜަނގަޅަށް ތިބުނުއްވީ ،