Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މި އަހަރުގެ "މަދިރި ހޯހޯ" ކެމްޕެއިން އިފްތިތާހްކޮށްފި

މި އަހަރުގެ "މަދިރި ހޯހޯ" ކެމްޕެއިން އިފްތިތާހްކޮށްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "މަދިރި ހޯހޯ" ކެމްޕެއިނު އިފްތިތާހުކޮށްފިއެވެ.

ހުޅުމާލޭގެ ރުއްގަނޑު އެކެއް ސަރަހައްދުގައި މިކަމަށް ޓަކައި ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ފަށައިފައިވާ މި ކެމްޕެއިނު އިފްތިތާހު ކޮށްދެއްވުމަށް ފަހު ޑރ. މުއިއްޒު ވިދާޅުވީ ވެރިރަށް މާލޭގައި މަދިރި އާލާވާ ތަންތަނާއި ނުތާހިރުކޮށް އޮންނަ ތަންތަން ވެސް މިހާރު ގިނަވަމުން އަންނަ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުން ހާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި އެ މައްސަލަ ހައްލެއް ނުކުރެވޭނެ. މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި ނޫނީ ހައްލު ނުކުރެވޭނެ މައްސަލައެއް" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، އެންމެން ވެސް މަސައްކަތްކުރަންވީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮތް ކަމަށް ދެކިގެން ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށް ކަމަށާއި ބަލިތަކުން ރައްކާތެރިވެފައިވާ ސާފުތާހިރު ތަނަކަށް މާލޭ ހެދުމަށް އެންމެން މަސައްކަތް ކުރުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް