Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަމިއްލަ ދަރިފުޅު މަރައިލިކަން ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ

އަމިއްލަ ދަރިފުޅު މަރައިލިކަން ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ

ށ. ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާ އެކު މަރައިލައިފައި އޮއްވައި ފެނުނު އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖާގެ މަރުގެ ތުހުމަތު އޭނާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެއެވެ.

2016ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ހިނގި މި ހާދިސާގައި، އެ ކުއްޖާ މަރައިލައިފައި ވަނީ ވަޅިން ހަމަލާދީގެންނެވެ. އެ ކުއްޖާގެ ގައިގެ 10 ތަނަކަށް ވަޅި ހަރައިފައި ވެއެވެ. އެއީކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށެވެ.

ޝާހިދާ އެ ކުއްޖާއަށް ވަޅިން ހަމަލާދިން އިރު، އޭނާގެ އުމުރުން ހަ އަހަރުގެ ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދައިފައި އޮތް ކަމަށާއި ލެޔާއި އެއްކޮށް އޮޮތް ވަޅިއެއް އެ ކޮޓަރީ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގައި ދައުލަތުން ޝާހިދާގެ މައްޗަށް އުފުލައިފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ބެއްލެވި މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ހުރި ހެއްކާއި ގަރީނާތަކަށް ބަލައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ހޯދުމެވެ. ވާރިސުންގެ ބަސް ހޯދުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 31ވަނަ ދުވަހަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް